overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރުން އަންނަ ހޮނިހިރު ދުވަހު

ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރުން އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.

އީސީ އިން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އިންތިހާބަށް ކުރިމަތިލުމަށް ޝަރުތު ހަމަވެފައިވާ ފަަރާތްތަކުގެ ނަންތައް ތަރުތީބު ކުރުމާށޤޓަކައި ބާއްވާ ގުރުއަތުނެގުން އަންނަ ހޮނިހިރު ދުވަހު އިލެކްޝަން ސެންޓަރުގައި އޮންނާނެ ކަމަށެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ނަން ހުށަހަޅާފައި ވަނީ ޕީޕީއެމްގެ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމްއާ އިދިކޮޅު ޕާޓީތަކުގެ ފަރާތުން އިބްރާހިމް މުހަައްމަދު ސޯލިހު (އިބޫ) އަދި އަމިއްލަ ގޮތުން ވާދަ ކުރައްވާ ހުސެއިން ނަސީރު އެވެ. އޭގެ ތެރެއިން ޝަރުތު ހަމަވެގެން އިންތިހާބުގައި ވާދަ ކުރެއްވެނީ ރައީސް ޔާމީން އަށާއި އިބޫ އަށެވެ.

އަމިއްލަ ގޮތުން ވާދަކުރެއްވި ނަސީރުގެ ފޯމް ބާތިލް ކުރީ، އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރާ ނަމަ ހުށަހަޅަން ޖެހޭ، 1،500 މީހުންގެ ސޮއިގައި މައްސަލަތަކެއް ހުރުމުންނާއި އާނެގެ ރަނިންމޭޓަކަށް ހުށަހެޅުއްވި، ޝޭހް ނަސްރުﷲގެ ކުށުގެ ރެކޯޑްތަކެއް ހުރުމުން އެވެ. އެ ނިންމުން ގަބޫލު ނުކޮށް ނަސީރު ވަނީ ފޯމް ހުށަހެޅުމަށް އިތުރު ފުރުސަތެއް ދިނުމަށް އެ މައްސަލަ ހައިކޯޓަށް ވައްދައިފަ އެވެ.

މި އަހަރު ބާއްވާ ރިޔާސީ އިންތިހާބު އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގަ އެވެ.