ވިޔަފާރި

ޕިއްޒާބޯނާގެ އައުޓްލެޓެއް ހުޅުމާލޭގައި ހުޅުވަނީ

Aug 16, 2018
2

ޕިއްޒާބޯނާގެ، މީރު ޕިއްޒާ ވިއްކާ ތަކެއް ހުޅުމާލޭގައި އީދު ނިންމާފައި ހުޅުވުމުގެ ތައްޔާރީތައް ފަށައިފި އެވެ.

ޕިއްޒާބޯނާ އިން ބުނި ގޮތުގައި ހުޅުލެއިން- ހުޅުމާލެއަށް އަންނަ ދިމާލުގައި ނިރޮޅު މަގުގައި ހުޅުވާ މިތަނުގައި އެއް ފަހަރާ 30 މީހުންނަށް ކާން ތިބެވޭނެ ޖާގަ އޮންނާނެ އެވެ. އަދި މިތަން ވެގެންދާނީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ލިިބިގެންދާނެ ހިތްހަމަ ޖެހުމެއް ކަމަށް ޕިއްޒާ ބޯނާއިން ވާހަކަ ދެއްކި އޮފިޝަލް ވިދާޅުވި އެވެ.

"މިތަން ހުޅުވަނީ ވަރަށް ގިނަ ބައެއްގެ އެދުމުގެ މަތިން. މިތަނުން ޕިއްޒާ އާއި ސަބްމެރިން ޑެލިވަރީގެ ހިދުމަތް ވެސް ލިބޭނެ،" އޮފިޝަލް ވިދާޅުވި އެވެ.

ޕިއްޒާބޯއަކީ މިހާރު މާލޭގައި ހުރި ޕިއްޒާ ވިއްކާ ތަންތަނުގެ ތެރެއިން އެންމެ މަޝްހޫރު އެއް ނަމެވެ. ޕިއްޒާބޯނާއިން މާލޭގައި ދެ ތަނެއް ހިންގަމުންދެ އެވެ.