overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

ކޯލިޝަން ސަރުކާރެއްގައި ފައިސާ ހޭދަ ކުރާނީ ރައްޔިތުން ބޭނުންވާގޮތަށް، އިސްރާފެއްނެތި: ފައިސަލް

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމެއްގައި ފައިސާ ހޭދަ ކުރާނީ ރައްޔިތުން އެންމެ ބޭނުންވާކަންކަމަށް ކަމަށާއި، އަދި އެ ފައިސާ ހޭދަކުރާނީ އިސްރާފު ކުރުމެއްނެތިކަމަށް ގުޅިފައިވާ ސިޔާސީޕާޓީތަކުގެ ރަނިންމޭޓް ފައިސަލް ނަަސީމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެެމްބަރުކަންވެސް ކުރައްވާ ފައިސަލް އެގޮތަށް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އއ. އަތޮޅަށް ވަޑައިގެން ހިމަންދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ސަރުކާރުން ނުއަގުގައި ބޮޑެތި ޕްރޮޖެކްޓްތަށް ހިންގަމުންދާ ދިއުމަށް އިޝާރާތް ކުރައްވާ ފައިސަލް ވިދާޅުވީ އަބަދުވެސް އަޑުއިވެމުންދަނީ ރާއްޖޭގެ މުދާތަށް ނަހަމަ ގޮތުގައި ބޭނުން ކުރަމުންދާ ވާހަކަ ކަމަަށެވެ.

ފައިސަލް ވިދާޅުވީ ރާއްޖެއަށް އަންނަ ތަރައްގީއާއި، ހަމަހަމަ ކަމަށް އެއްވެސް ރައްޔިތަކު ދެކޮޅު ނަހަދާނެ ކަމަށެވެ. އެހެން ނަމަވެސް ނުއަގުގައި ކަންކަން ކުރަމުންދާކަމަށްވާނަމަ ރައްޔިތުން އެކަމާ ކަންބޮޑުވާނެ ކަަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެގޮތުން ރާއްޖޭގެ މައި އެއާޕޯޓްގެ މަސައްކަތް ކުރަމުންދަނީ 1.2 ބިލިއަން ޑޮލަރަށް ކަމަށާއި، އެކަމަކީވެސް 6 ސަތޭކަ މިލިއަން ޑޮލަރަށްވާންއޮތް ކަމެއް ކަމަށެވެ. އަދި ބަލާލި ކޮންމެ ދިމާލަކުންވެސް ފެންނަނީ މިފަދަ ކޮރަޕްޝަންގެ މަންޒަރުތަށް ކަމަށް ފައިސަލް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިއަދު ދިވެހި ރައްޔިތުންނަށް ވައުދުވާން އޮތީ، ތިބޭފުޅުންގެ ފައިސާ، އަޅުގަނޑުމެން ގައުމުގެ ތަރައްގީގަ. ތިބޭފުޅުން އެންމެ ބޭނުންވާ ކަންތައްތަކުގައި ހޭދަކުރަމުން ދާނީ، ތިބޭފުޅުން ބޭނުންވާގޮތަށް، ދެފުށްގފެންނަ ގޮތަށް ހުޅުވާލެވިގެން އެއްވެސް ކަހަލަ އިސްރާފެއް އެކަމުގައި ނުހިމެނޭ ގޮތަށެވެ" ފައިސަލް ވިދާޅުވިއެވެ.

ފައިސަލް އިތުރަށް ވިދާޅުވީ އެބޭފުޅުންގެ ސަރުކާރެއްގައި ގައުމުތަކާއި އޮތް ގުޅުން ވަރުގަދަކުރައްވާ އިންސާފު ގާއިމްކޮށްދެއްވާ، ރައްޔިތުންގެ މެދުގައި ހަމަހަމަކަން ގާއިމް ކޮށްދޭނެ ކަމަށެވެ.