overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

ފުލުހުންނަށް އަމާޒުކޮށް ކެމްޕޭން ކުރާނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު

Aug 16, 2018
9

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރުމަށް ސިޔާސީ ޕާޓީތަކުން ހިންގާ ހަރަކާތްތައް ފުލުހުންނަށް އަމާޒުކޮށް ހިންގަމުން ދާ ކަމަށް ފާހަގަ ކުރެވޭ ކަމަށާއި އެފަދަ ފަރާތްތަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ބުނެ ފުލުހުން މިއަދު އިންޒާރު ދީފި އެވެ.

ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، މިހާރު ހިންގާ ރިޔާސީ ކެމްޕޭންގެ ހަރަކާތްތަކުގެ ތެރެއިން އެކި ފަރާތްތަކުން ފުލުހުންނަށް ހާއްސަކޮށްގެންނާއި ފުލުހުންގެ މަރުކަޒުތަކަށް ގޮސް ސިޔާސީ ކެމްޕޭންގެ ހަރަކާތްތައް ފުލުހުންނަށް ހާއްސަކޮށް ހިންގަމުންދާކަން ފާހަގަވެފައިވާ ކަމަށެވެ. ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރުމުގެ ގޮތުން ފުލުހުންނަށް ހާއްސަކޮށްގެން އެކި ފަރާތްތަކުން ފުލުހުންގެ މަރުކަޒުތަކަށް ގޮސް ސިޔާސީ ހަރަކާތްތައް ހިންގުމަކީ ފުލުހުން ބަލައިގަންނާނެ ކަންތައްތަކެއް ނޫން ކަމަށް ވެސް ބަޔާނުގައިވެ އެވެ.

"މިފަދަ ހަރަކާތްތައް ސީދާ ފުލުހުންނަށް ހާއްސަކޮށްގެން އެއްވެސް ފަރާތަކުން ނުހިންގުމަށާއި މިފަދަ ހަރަކާތްތައް ހިންގާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ވާހަކަ ވެސް ދަންނަވަމެވެ،" ފުލުހުން ނެރުނު ބަޔާނުގައިވެ އެވެ.

ފުލުހުން މިފަދަ ގޮތަކަށް ބަޔާނެއް ނެރެފައި މި ވަނީ، އިދިކޮޅު އިއްތިހާދުގެ ރަނިންމޭޓް ފައިސަލް ނަސީމް އއ އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފުލުހުންގެ މަރުކަޒަކަށް ވަޑައިގެން ފުލުހުންތަކަކާ ސަލާމް ކުރައްވާ ފޮޓޯއެއް އާންމުވުމާ ގުޅިގެން ކަމަށް ބެލެވެ އެވެ. ބަޔާން ނެރުނު ސަބަބާ ގުޅޭ ގޮތުން ފުލުހުން ވަކި އެއްޗެއް ނުބުނެ އެވެ.

ރިޔާސީ ކެމްޕޭނާ ގުޅޭ ގޮތުން ފުލުހުން މީގެ ކުރިން ވެސް ވަނީ ބަޔާނެއް ނެރެފަ އެވެ. އެފަހަރު ނެރުނު ބަޔާނުގައި ފުލުހުން އިންޒާރުކޮށްފައި ވަނީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައި ނުވާ ޖަމްއިއްޔާއެއް ނަން ބޭނުންކޮށްގެން އަދި ޖަލު ހުކުމެއްގައި ހުރި އެއްވެސް ފަރާތެއްގެ ފޮޓޯ އަދި އެހެން ސިޔާސީ ޕާޓީއެއްގެ ކުލަ ހިމަނައިގެން ކެމްޕޭން ކުރާ ނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ބުނެ އެވެ. އެ ބަޔާން ނެރުނީ، އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެމްޕޭންގެ ޕޯސްޓަރުތަކުގައި ޖަލު ހުކުމުގައި ތިއްބެވި އިދިކޮޅު ލީޑަރުންގެ ފޮޓޯ ހުރުމުންނާއި އަދި އެ އިއްތިހާދުގައި މައުމޫން ތަމްސީލް ކުރުމަށް، ރައީސް މައުމޫން ރިފޯމް މޫވްމަންޓް، "އެމްއާރުއެމް" ބޭނުން ކުރާތީ ކަމަށް ބެލެވެ އެވެ.