overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

ރައީސް ޔާމީންއަށް ކެންޑިޑޭޓް ނަންބަރު އެކެއް، އިބޫއަށް ދޭއް

އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވައި ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށްފި އެވެ. ނަންތައް ތަރުތީބުކޮށްފައިވާ ގޮތުން ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގެންނެވީ ކެންޑިޑޭޓް ނަންބަރު އެކެކެވެ. ކެންޑިޑޭޓް ނަންބަރު ދެއެއް ލިބިވަޑައިގެންނެވީ އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫއަށެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ބައިވެރިވެވަޑައިގަންނަވީ އިބޫ އަދި ރައީސް ޔާމީން އެކަންޏެވެ.

އިލެކްޝަން ކޮމިޝަނުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ގުރުއަތު ނެންގެވުމުގައި ބައިވެރިވެވަޑައިގެންނެވީ ޕީޕީއެމްގެ ނައިބު ރައީސް މޫސާ ޒަމީރެވެ. އިބޫގެ ފަރާތްޕުޅުން ބައިވެރިވެވަޑައިގެންނެވީ އޭނާގެ އިންތިހާބީ އެޖެންޓް ހިސާން ހުސެއިނެވެ.

ގުރުއަތު ނެގުމަށްފަހު ގާނޫނުގައިވާ ގޮތުގެ މަތިން އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވަނީ ކެންޑިޑޭޓުންގެ މައުލޫމާތު ރަސްމީކޮށް އިއުލާން ކުރައްވާފަ އެވެ. ކެންޑިޑޭޓުންގެ ރަނިންމޭޓާއި އިންތިހާބީ އެޖެންޓުންގެ މައުލޫމާތު ވެސް ޝަރީފް ހާމަ ކުރެއްވި އެވެ.

އިބޫގެ އިންތިހާބީ އެޖެންޓްގެ ގޮތުގައި ހިސާން ހަމަޖައްސާފައިވާއިރު ރައީސް ޔާމީންގެ އިންތިހާބީ އެޖެންޓަކީ އަދުލީ އިސްމާއިލެވެ. ރައީސް ޔާމީންގެ ރަނިންމޭޓަކީ މުހައްމަދު ޝަހީމް އަލީ ސައީދެވެ. އިބޫގެ ރަނިންމޭޓަކީ ފައިސަލް ނަސީމެވެ.

ޝަރީފް ވިދާޅުވީ، ކެންޑިޑޭޓުންނަށް ތާއިދު ހޯދުމަށް ކެމްޕެއިން ކުރުމުގެ ފުރުސަތު އިލެކްޝަން ކޮމިޝަނުން މިއަދު ރަސްމީކޮށް ހުޅުވާލާ ކަމަށެވެ. ކެމްޕެއިން ކުރުމުގައި އަނެއް ކެންޑިޑޭޓްގެ އިންތިހާބީ ހައްގަކަށް އުނިކަން އަންނަ ފަދަ ކަންކަން ނުކުރުމަށާއިި އަނެއް ކެންޑިޑޭޓާ ގުޅޭ ގޮތުން ދޮގު ވާހަކައެއް ނުދެއްކުމަށާއި ގާނޫނާ ހިލާފު ކަމެއް ނުކުރުމަށް ޝަރީފް އިލްތިމާސް ކުރެއްވި އެވެ.

ކެމްޕޭން ކުރުމުގައި ސަމާލުކަން ދޭން ޖެހޭ ކަންތައްތައް ހިމެނޭ ގޮތުން ތައްޔާރުކޮށްފައިވާ ލުއިފޮތެއް ކެންޑިޑޭޓުންގެ މަންދޫބުންނާ އީސީ އިން މިއަދު ހަވާލުކުރި އެވެ. އެ ހަފްލާގައި ޝަރީފް ވިދާޅުވީ އަންނަ ސެޕްޓެމްބަރު 23މަހުގެ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބަކީ ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި އަންނަ ވަރަށް ހާއްސަ އަދި ތަފާތު ރިޔާސީ އިންތިހާބެއް ކަމަށެވެ. އެއީ ފުރަތަމަ ބުރުގައި ދެ ކެންޑިޑޭޓެއް ވާދަކުރައްވާ ރިޔާސީ އިންތިހާބެއް މި ފަހުން ބޭއްވޭ މިއީ ފުރަތަމަ ފަހަރު ކަމަށެވެ.