overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

ވެރިކަމުގެ ދައުރުގެ މައްސަލާގައި ސައީދުގެ ފާޑު ކިޔުން އިބޫއަށް

ވެރިކަމަށް ވަޑައިގަންނަވަނީ ފަސް އަހަރުގެ މުއްދަތަކަށްތޯ ކުރެވޭ ސުވާލަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫއަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ފާޑު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ މެނިފެސްޓޯ ފުރަތަމަ އިއުލާން ކުރިއިރު އިބޫގެ ވެރިކަމަކީ 2.5 އަހަރުގެ އިންތިގާލީ ވެރިކަމެއް ކަމަށް ބުނެފައިވެ އެވެ. ނަމަވެސް އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ ބައެއް ބޭފުޅުން ވަނީ އިބޫއަށް ފަސް އަހަރުގެ ދައުރެއް ދިނުމަށް ޕާޓީތަކުން އެއްބަސްވެފައިިވާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އިއްޔެ ބޭއްވި ނޫސްކޮންފަރެންސެއްގައި އެކަމާ ގުޅޭ ގޮތުން ނޫސްވެރިއަކު ސުވާލު ކުރުމުން އިބޫ ސާފު ޖަވާބެއް ނުދެއްވި އެވެ.

އެ ކަމަށް އިޝާރަތް ކުރައްވާ ސައީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއީ ހައްތަހާވެސް އިބޫއަށް ސާފު ޖަވާބު ނުދެވޭނެ ކަންކަން ކަމަށެވެ. އިބޫއަށް ނިސްބަތް ކުރައްވާ ސައީދު ވިދާޅުވީ ގައުމު ދެކޭ ތަރައްގީއާ ބީރައްޓެހި އަދި ސަރުކާރު ހިންގުމުގެ ތަޖުރިބާއެއް ނެތް ކެންޑިޑޭޓަކަށް ރާއްޖެ މިހާރު މިދެކޭ ކުރިއެރުމެއް ނުހިފެހެއްޓޭނެ ކަމަށެވެ. ދޮޅުއަހަރުގެ ވެރިއަކަށް ގައުމުގެ ހުންގާނޫ ދޫކޮށްލުމަކީ، ގައުމަށް މިހާރު އަންނަ ތަރައްގީ އަނެއްކާ ވެސް ގެއްލިގެން ގޮސް ގައުމު މާފަހަތަށް ސޮއްސާލައިގެން ދާނެ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

" ދޮޅުއަހަރެއްގެ ވެރިކަމުގެ އަގަކީ 10 އަހަރު ފަހަތައް އަނެއްކާ ވެސް ގައުމު ސޮއްސާލުން. މީގެ ފައިދާ ނަގާނީ ގައުމާ މެދު ހަސަދަވެރިވާ ފަރާތްތަކުން. މިއީ މަކަރުވެރި ރޭވުމެއް،" ސައީދު ޓްވީޓް ކުރެއްވި އެވެ.

ސައީދު ކުރެއްވި ޓްވީޓު

ފަސް އަހަރުގެ ދައުރުގެ މައްސަލާގައި އިބޫ ވިދާޅުވަނީ ފަސް އަހަރަށް ބަދަލެއް ގެންނަނަމަ އެކަން ކުރެވެން އޮތީ ރައްޔިތުންގެ ވޯޓަކުން ކަމަށާއި އެނޫން ގޮތަކަށް އެކަން ކުރެވެން ނެތް ކަމަށެވެ. ދައުރު ކުރުކުރުމަށް މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅަން އެއްބަސްވެވަޑައިގަންނަވާނަންތޯ ސުވާލުކުރުމުން އިބޫ އެއަށް ސީދާ ޖަވާބެއް ނުދެއްވަ އެވެ. އިބޫ ވިދާޅުވީ، ވެރިކަމުގެ ނިޒާމް ހަރުދަނާ ކުރުމަށް ގާނޫނު އަސާސީއަށް ބަދަލުތައް ގެންނަން ޖެހޭ ކަމަށެވެ. ރިޔާސީ ނިޒާމް ކަމަށްވީ ނަމަވެސް މިހާރު އޮތް ގޮތުން ވެރިކަން ކުރުމަށް ދަތިތަކެއް އެބަހުރި ކަމަށެވެ.

އިބޫ ވިދާޅުވަނީ ފަސްއަހަރުގެ ދައުރާ މެދު އުފެދިފައިވާ ސުވާލެއް އިިދިކޮޅު ކޯލިޝަނުން ނެރޭ މެނިފެސްޓޯއިން ހައްލު ލިބޭނެ ކަމަށެވެ. އެ މެނިފެސްޓޯ ދެ ތިން ދުވަހެއްގެ ތެރޭގައި އާންމު ކުރެވޭނެ ކަމަށް އިބޫ ވިދާޅުވި އެވެ.