overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

ރައީސްގެ ޗެލެންޖް އިދިކޮޅަށް: ގިސޯސް ހިފަން ވައުދުވާކަށް ނުކެރޭނެ

މީގެ ކުރިން އެމްޑީޕީ ސަރުކާރުގައި ކަންތައްތައް ކޮށްފައިވާ ގޮތުގެ ސަބަބުން ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް ބޮޑެތި ގެއްލުންތައް ވެފައިވާ ކަމަށާއި ދެން ވެސް ވެރިކަމަށް އައިސްފި ނަމަ އެފަދަ ކަންތައްތައް ކުރާނެތޯ އިދިކޮޅު ބޭފުޅުން ވިދާޅުވާން ޖެހޭ ކަމަށް ވިދާޅުވެ އިދިކޮޅު ފަރާތްތަކަށް ރައީސް އަބްދުﷲ ޔާމީންގެ ސުވާލުތަކެއް އަމާޒު ކުރައްވައިފި އެވެ.

ކުޅުދުއްފުށީގައި މިރޭ ވާހަކަފުޅު ދައްކަވަމުން އިދިކޮޅު ފަރާތްތަކާ ޗެލެންޖް ކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން އަލުން ވެރިކަމެއް ހޯދަން މަސައްކަތް ކުރާއިރު މީގެ ކުރިން ގައުމާ ރައްޔިތުންނަށް ގެއްލުންވާ ގޮތަށް ކޮށްފައި ހުރި ކަންކަން ތަކުރާރު ކުރާނަންތޯ ނުވަތަ ނޫންތޯ އެބަ ސާފުކޮށް ރައްޔިތުންނަށް ބަޔާންކޮށްދޭން ޖެހޭ ކަމަށެވެ.

އެގޮތުން އެންމެ ބޮޑު ޗެލެންޖެއްގެ ގޮތުގައި ރައީސް ޔާމީން މިރޭ އިދިކޮޅު ފަރާތްތަކަށް ދޫކޮށްލެއްވި ވާހަކަފުޅަކީ، އިސްލާމް ދީނުގައި އޮންނަ ގޮތަށް މަރުގެ ހުކުމް ތަންފީޒު ކުރަން ވައުދު ވާން އިދިކޮޅު ފަރާތްތަކަށް ނުކުރޭނެ ކަމަށް ވިދާޅުވެ އެވެ. ރައީސް ޔާމީން ވިދާޅުވީ މަރުގެ ހުކުމް ތަންފީޒު ކުރަން އެމަނިކުފާނު ވައުދުވެ ވަޑައިގެންނެވީ އެކަމަކީ އިސްލާމީ ޝަރީއަތުގައި ކުރަން ލާޒިމް ކުރައްވާފައިވާ ކަމަކަށް ވާތީ ކަމަށެވެ. އަދި އެ ހުކުމް ތަންފީޒު ނުކުރަނީ ދުނިޔެވަނީ ގޮތުން އަމިއްލައަށް ކަންކަން ނިންމައިގެން ކަމަށާއި އެކަމަކު އެއީ އެކަން ކުރަން ޖެހޭ ގޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އެހެން ކަމުން މިކަހަލަ ދީނީ ބޮޑެތި ކަންކަމުގައި ސާފު ޖަވާބުތައް އިދިކޮޅު ކެންޑިޑޭޓް ރައްޔިތުންނަށް އޮޅުން ފިލުވައިދޭން ޖެހޭ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

"ގިސޯސްހިފާނެ ވާހަކަ އެބަ ޖެހޭ އިދިކޮޅަށް ނުކުމެ ވަޑައިގެން ތިއްބެވި ބޭފުޅުން ވިދާޅުވާން. ނުކުރޭނެ އެބޭފުޅުންނަށް އެ ވާހަކަ ދައްކަވާކަށް. މަރުގެ ހާދިސާތައް ގިނަވެ މުޖުތަމައުގައި މި އޮންނަ މައުސޫމްކަން ގެއްލިގެންދާ ހިސާބަށް މީހުން މެރުމުގެ ކަންކަން ދިޔައިމާ އެކަން [ގިސާސް ހިފަން] އަޅުގަނޑު އިއުލާން ކުރީ. އެއީ އަޅުގަނޑަށް އިނގޭ އަޅުގަނޑުގެ އާއިލާއަށް ވެސް އޭގެ ނުރައްކާ އަތުވެދާނެކަން. އެކަމަކު ވެސް އިސްލާމް ދީނުގައި އެކަން އެގޮތަށް އޮތީމާ އަޅުގަނޑު އެކަމަށް އެއްބަސްވީ،" ރައީސް ޔާމީން ވިދާޅުވި އެވެ.

އިދިކޮޅަށް ރައީސް ކުރެއްވި ސުވާލުތައް

  • އިސްލާމް ދީން ނޫން ދީނަކަށް ފުރުސަތު ދޭނަންތޯ؟
  • ބޭރުގެ ނުފޫޒުތައް ރާއްޖެއަށް ފޯރުވަން އުޅެނީ ކީއްވެގެންތޯ؟
  • ބޭރުގެ އަވަށްޓެރި ގައުމެއްގެ ސިފައިން އަންނަން ފުރުސަތު ދޭނަންތޯ؟
  • ޖީއެމްއާރަށް އަދިވެސް އެއާޕޯޓް ދޭނަންތޯ؟

އެމަނިކުފާނު ވިދާޅުވީ، އިދިކޮޅު ކެންޑިޑޭޓާ އެމަނިކުފާނު އަމާޒު ކުރައްވަން ޖެހޭ އެތައް ސުވާލެއް އެބަ ހުރި ކަމަށެވެ. އެ ސުވާލުތަކަށް ވޯޓް ފޮށިން ޖަވާބު ލިބޭނެ ކަމަށް ބުނެ ފަރުޖައްސާ ނުލެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެގޮތުން އެބޭފުޅުން ވެރިކަމަށް އައިސްފި ނަމަ ދިވެހިންގެ މައިި ދޮރާށި، ވެލާނާ އެއާޕޯޓް އަދިވެސް ޖީއެމްއާރުގެ ކުންފުންޏަށް ހަވާލު ކުރާނެކަން ނުވަތަ ނޫންކަން އިދިކޮޅުން ބުނެދޭން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ. އެ ސުވާލު އުފެދެނީ ރައީސް ވިދާޅުވި ގޮތުގައި އެމްޑީޕީގެ ސިޔާސަތު އޮތީ ވެރިކަމަށް އަލުން އާދެވިއްޖެ ނަމަ ޖީއެމްއާރަށް އަލުން އެއާޕޯޓް ދިނުމަށް ކަމަށެވެ. ނަމަވެސް އެ އެއާޕޯޓް ޖީއެމްއާރަށް ދިނުމުގެ ސަބަބުން ދައުލަތަށް 300 މިލިއަން ޑޮލަރެއްގެ ގެއްލުންވި ކަމަށް ރައީސް ވިދާޅުވި އެވެ. އެ ފައިސާ ހޭދަކުރަން ނުޖެހުނު ނަމަ ހުރިހާ ރަށެއްގެ ބަނދަރު ހުންނާނީ ހަނދާ ނިމިފައި ކަމަށް ވިދާޅުވި އެވެ.

ދެން އަނެއް ސުވާލެއްގެ ގޮތުގައި ރައީސް އިދިކޮޅަށް އަމާޒު ކުރެއްވީ އިސްލާމް ދީން ނޫން ދީނަކަށް ފުރުސަތު ދޭނެތޯ ނުވަތަ ނޫންތޯ އަދި އިސްލާމް ދީން ރައްކާތެރި ކުރުމަށް އެބޭފުޅުން ދޭނެ އަހައްމިޔަތުކަމަކީ ކޮބައިތޯ އެވެ. ރައީސް ވިދާޅުވީ ގާނޫނު އަސާސީގައި އިސްލާމް ދީން ނޫން ދީނަކަށް ރާއްޖޭގައި ފުރުސަތު ނެތް ކަމަށް ބުނެ އެ ސުވާލަށް ޖަވާބު ނުދެވޭނެ ކަމަށެވެ. ގާނޫނު އަސާސީގައި ވަރަށް ގިނަ ކަންކަން ހުންނަ ކަމަށާއި އެކަމަކު އެކަންކަން ހާސިލްވަނީ މަދު މިންވަރެއް ކަމަށް ރައީސް ވިދާޅުވި އެވެ. އެހެން ވީމާ ދީނީ ކަންކަމުގެ ސިޔާސަތު އިދިކޮޅުން ހާމަ ނުކުރައްވާ އުޅެނީ ކީއްވެތޯ ސުވާލު ކުރެއްވި އެވެ. އަދި އެކަންކަމަށް ދޭނެ އަހަންމިއްޔަތުގެ މިންވަރުވެސް ސާފުވާން ޖެހޭ ކަމަށް ވިދާޅުވި އެވެ.

އެކެއް ފެބުރުއަރީގެ އަމުރަށް ފަހު ރާއްޖެއަށް އަވަށްޓެރި ގައުމެއްގެ ސިފައިން އަންނަ ފުރުސަތު ދޭން އެބޭފުޅުންގެ ލީޑަރަކު ގޮވާލައްވާފައިވާ އިރު އެބޭފުޅުން އިސްވެ ތިބެ ބޭރުގެ ނުފޫޒުތަކަށް ރާއްޖެ ދީލައިލަން އުޅެނީ ކީއްވެގެންތޯ ރައީސް ސުވާލު ކުރެއްވި އެވެ. އެމަނިކުފާނު ވިދާޅުވީ، ފެބުރުއަރީ އެކެއްގެ އަމުރަށް ފަހު ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި ހާލަތުގައި ބޭރުގެ ސިފައިން ރާއްޖެ އަންނަ ފުރުސަތު ދޭން މަޝްވަރާކުރިކަން ނުވަތަ ނޫންކަން ރައްޔިތުންނަށް ސާފު ބަހުން އޮޅުން ފިލުވައި ދިނުމަށް ރައީސް އިދިކޮޅަށް ގޮވާލެއްވި އެވެ. އިދިކޮޅުގެ ވެރިކަމެއް ގާއިމް ވެއްޖެ ނަމަ ބޭރުގެ ނުފޫޒުތަކަށް ރާއްޖެ ސަލާމަތް ކުރެވޭނެތޯ އިދިކޮޅުން ސާފުކޮށްދޭން ޖެހޭ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

"ވެރިކަމާ ކުރިމަތިލާ ބަޔަކު އެކިއުޒޭޝަނެއް ކުރިމަތިވަންޏާ އެއަށް ޖަވާބު ދެއްވަން ޖެހިވަޑައިގަންނަވާ. ހަމައެކަނި ވޯޓްފޮށިން އެއަށް ޖަވާބު ދީގެން ނުވާނެ. އެބޭފުޅުން ޖަވާބު ދެއްވާ މިކަންކަމަށް. އަޅުގަނޑަށް ޔަގީން އެބޭފުޅުންނަށް މި ކަންކަމަށް ޖަވާބު ނުދެއްވޭނެކަން. އެބޭފުޅުން އަޅުގަނޑު މެންނާ މެދު މީގެ ކުރިން އޮތީ އިހުމާލުވެފައި،" ރައީސް ޔާމީން ވިދާޅުވި އެވެ.