overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

ރިޔާސީ ބަހުސްގައި ބައިވެރިވުމުގެ ޝައުގުވެރިކަން އިބޫ އަނބުރާ ގެންގޮސްފި

Aug 23, 2018
23

ޕީއެސްއެމް އާއި އެމްއެންޔޫ ގުޅިގެން ބާއްވާ ރިޔާސީ ބަހުސްގައި ބައިވެރިވަޑައިގަތުމުގެ ޝައުގުވެރިކަން އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަނބުރާ ގެންދަވައިފި އެވެ.

މީގެ ކުރިން ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި އިބޫ ވިދާޅުވެފައި ވަނީ ރައީސް އަބްދުﷲ ޔާމީންއާ އެކު ބަހުސްއަކަށް ދާން ތައްޔާރަށް ހުންނެވި ކަމަށެވެ. ނަމަވެސް އެމަނިކުފާނުގެ ތަރުޖަމާނު މާރިޔާ ދީދީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ އެމްއެންޔޫގެ ބަހުސް އޮންނާތީ ރާއްޖެ ޓީވީ އިން ބާއްވާ ބަހުސްގައި ބައިވެރިވުމުގެ ޝައުގުވެރިކަމެއް ނެތް ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާ ކަމަށާއި އެހެންކަމުން އެކަމުގެ އިހްލާސްތެރިކަމާއި ބަހުސްގެ މިނިވަން ކަމާމެދު ސުވާލު އުފެދިފައިވާ ކަމަށެވެ. އެހެންކަމުން އެމްއެންޔޫގެ ޑިބޭޓުގައި ބައިވެރިވުމުގެ ޝައުގުވެރިކަމެއް ވެސް އިބޫގެ ނެތް ކަމަށް މާރިޔާ ވިދާޅުވި އެވެ.

"މި ފެންނަނީ އެއްވެސް އިހުލަސްތެތިކަމެއް ނެތް ކަން، ޑިބޭޓަކަށް ވަންޏާ އެއީ ކޮންމެ ތަނަކުން ދައުވަތު ދިން ކަމުގައި ވިޔަސް ރައީސް ޔާމީން ބައިވެރިވާނެ ކަމަށް ދެކުނީ، ނަމަވެސް ވަކި ތަނަކަށް އާބަސް ވިދާޅުވެފައި ދެން ހުރި ތަނަކަށް ނޫނެކޭ ބުނާ ކަމަށްވަންޏާ އެއީ މިނިވަން ބަހުސްއެއްގެ ގޮތަށް ކުރިޔަށް ދާނެ ކަމަކަށް ނުފެނޭ،" މާރިޔާ ވިދާޅުވި އެވެ.

އޭގެ އިތުރުން އެމްއެންޔޫގެ ބަހުސްގަައި ބައިވެރިވުމަށް ދުރާލާ އެ ބޭފުޅުން ތާރީހަކާއި ގަޑިތައް އެންގެވުމަށް އެ ބޭފުޅުންނަށް ދަންނަވާފައިވާނެ ކަމަށާއި ނަމަވެސް މިއަދާ ހަމަޔަށް ވެސް އެކަންތަކެއް ކުރިޔަކަށް ނުގެންދަވާ ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ. އަދި ރާއްޖެ ޓީވީގެ ބަހުސްއަށް ދައުވަތު ދިނުމުން ވެސް ކުރިޔާލާ ގަޑިތައް ދެއްވުމަށް އެ ޓީވީއަށް ވެސް އަންގަވާފައިވާނެ ކަމަށް މާރިޔާ ވިދާޅުވި އެވެ.