overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

އުމްރާނީ މަސައްކަތްތަކުގައި ދިވެހި ކުންފުނިތައް ބައިވެރިކުރާނަން: އިބޫ

ސަރުކާރުން ހިންގާ އިންފްރާސްޓްރަކްޗާގެ މަސައްކަތްތަކުގައި ދިވެހި ކުންފުނިތައް ބައިވެރި ކުރުވުމަށް އިދިކޮޅު ޕާޓީތަކުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.

ރ. އަތޮޅު އަލިފުށީގައި އިދިކޮޅު ފަރާތްތަކުން މިރޭ ބޭއްވި ބޮޑު ޖަލްސާގައި ވަހަކަދައްކަވަމުން އިބޫ ވިދާޅުވީ ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރުން ދާދި ފަހުން ވެސް 20 ރަށެއްގައި ނަރުދަމާ އެޅުމުގެ މަސައްކަތް ބޭރުގެ ކުންފުނިތަކަކާ ހަވާލުކޮށްފައިވާ ކަމަށާއި ނަމަވެސް ރާއްޖޭގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރުމުގެ ގާބިލު އެތަށް ކުންފުންޏެއް އޮންނަ ކަމަށެވެ.

އިދިކޮޅު ސަރުކާރެއްގައި ކޮންސްޓްރަކްޝަން ސިޔާސަތު އޮންނާނީ ސަރުކާރުން ހިންގާ އެފަދަ އިންފްރާސްޓްރަކްޗާގެ ހުރިހާ މަޝްރޫއެއް ހަވާލު ކުރުމުގައި ދިވެހި ކުންފުންޏެއްގެ ބައިވެރިވުމާ ނުލާ އެކަން ނުކުރާނެ ކަމަށް އިބޫ ވިދާޅުވި އެވެ. އޭގެ ސަބަބުން ތަރައްގީގެ މަޝްރުއުތަކަށް ސަރުކާރުން ކުރާ ހަރަދުގެ ބައެއް ފައިސާތައް ރާއްޖޭގައި ހުންނާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

"މިއީ މެގަ ޕްރޮޖެޓުތަކުގެ ވާހަކައެއް ނޫން އަދި ޕްރައިވެޓް ސެކްޓާގެ ވާހަކައެއް ނޫން، ސަރުކާރުން ހިންގާ އިންފްރާސްޓްރަކްޗާ މަސައްކަތްތައް ކުރަން ޖެހޭނީ ދިވެހި ކުންފުނތިަކުގެ ބައވެިރވުމާ އެކީގައި، އޭރުން ސަަރުކާރުން ކުރާ ހޭދައިގެ ކޮންމެވެސް ވަރެއް ރާއްޖޭގައި ހިފެހެއްޓިފައި އޮންނާނެ،" އިބޫ ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީން ދާދިފަހުން ވިދާޅުވި ގޮތުގައި އުމްރާނީ މަސައްކަތްތައް މި ސަރުކާރުން ބޭރުގެ ކުންފުނިތަކާ ހަވާލު ކުރަނީ ސަރުކާރު ކުންފުނިތަކަށް އެ މަޝްރޫއުތައް ދިނުމަށް ފަހު ސަބްކޮންޓްރެކްޓް އުސޫލުން ކަމަށެވެ. އަދި އެގޮތަށް އަމަލު ކުރަނީ ސަރުކާރުގެ ކުންފުނިތަކުގައި ހަކަތަ ހުރުމުން ކަމަށާއި ސަރުކާރުން ސޮވަރިން ގެރެންޓީ ދެނީ ސަރުކާރުގެ ކުންފުނިތަކަށް ކަމަށެވެ. އަދި އެގޮތަށް އަމަލު ކުރަނީ ބޭރުގެ ކުންފުނިތަކަކަށް ސޮވަރިން ގެރެންޓީ ދޭން ބޭނުން ނުވާތީ ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތަކާ ގުޅުން ހުންނަ ކަންކަން ބޭރުގެ ކުންފުނިތަކާ ހަވާލު ކުރުމުން ރަނގަޅު ނަތީޖާތަކެއް ނިކުމެފައި ނެތް ކަމަށެވެ. ސަރުކާރުން މަސައްކަތް ކުރަނީ ދައުލަތުގެ ކުންފުނިތައް ވަރުގަދަކޮށް އެ ކުންފުނިތަކުގެ ހަކަތަ އިތުރުކުރަން ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

އިބޫ ވިދާޅުވީ އަލިފުއްޓަކީ ވެސް ވަޑިން ވަރަށް ގިނަ ރަށެއް ކަމަށާއި އެކަމުގެ ހުނަރު ތައުލީމީ ސިޔާސަތުގެ ތެރެއިން އިތުރަށް އާލާ ކުރަން ޖެހޭ ކަމަށެވެ. އެގޮތުން ބޯޓް ބިލްޑިންއާ ބެހޭ ސްކޯލާޝިޕްތައް ޒުވާނުންނަށް ހުޅުވާދެއްވާނެ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.