ދުނިޔެ

ޕާޓީގެ މެންބަރުން އޮސްޓްރޭލިއާގެ ބޮޑުވަޒީރު މަގާމުން ދުރުކޮށްފި

Aug 24, 2018

ކެންބަރާ (އޯގަސްޓް 24) - އޮސްޓްރޭލިއާގެ ވެރިކަން ކުރާ ޕާޓީގެ މެމްބަރުން، މިހާރުގެ ބޮޑުވަޒީރު މެލްކަމް ޓާންބުލް މަގާމުން
ދުރުކޮށްފި އެވެ.

އެންމެ ފަހުން ބޭއްވި އިންތިހާބުގެ ނަތީޖާ ކޮންޒަވޭޓިވް ޕާޓީއަށް ނާކާމިޔާބު ވުމާއި، ކުރިއަށް އޮތް އިންތިހާބުގައި ވެސް އެފަދަ ނަތީޖާއަށް ތަކުރާރުވާނެކަމަށް ބުނެ، ޕާޓީގެ ތެރޭގައި ބައިބައިވުން އުފެދި، ޓާންބުލްއަށް ވަނީ ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފަ އެވެ.

ދާދި ފަހުން ޓާންބުލް އިސްތިއުފާ ދިނުމަށް ވެސް އަމިއްލަ ޕާޓީގެ ގިނަ މެމްބަރުން ވަނީ ގޮވާލާފަ އެވެ. އާ ބޮޑުވަޒީރެއް އައްޔަނުކުރުމަށް މިއަދު ޕާޓީގެ އެތެރޭގެ ނެގި ވޯޓު ކާމިޔާބު ކުރައްވާފައިވަނީ މިހާރުގެ ޓްރެޜަރާ ސްކޮޓް މޮރިސަން އެވެ. އެ ވޯޓު ނެގުމަށް އެއްބަސްވެވަޑައިގެންނެވުމަށްފަހު، ޓާންބުލްގެ އަމިއްލަ ނަންފުޅު ހުށަހަޅާފައެއް ނުވެ އެވެ.