ލައިފްސްޓައިލް

ބިޓަށް ނުވަތަ އަންހެނުންނަށް ދޭން އެންމެ ރަނގަޅު ހަދިޔާ އަކީ ފްރޭންކް!

Jun 6, 2015
1

އެއްގޮތަކަށް ވެސް މިއީ ފްރޭންކް ލަމްޕާޑެއް ނުވަތަ އަނެއް ހަމިމްބާޑެއްގެ ވާހަކައެއް ނޫނެވެ. މިއީ ފްރޭންކްގެ ވާހަކަ އެވެ. މިހެން ބުނީމަ ހުރިހައި އަންހެން ކުދިންނަށް ވެސް އެއީ ކޮންއެއްޗެއްކަން ވަގުތުން އެނގޭނެ އެވެ.

ނަމަވެސް "ފްރޭންކް" އަކީ ކޮން އެއްޗެއްކަން އެނގެން ޖެހެނީ ނުވަތަ މިއީ ކޯއްޗެއްތޯ ހޯދައި ބަލަން އެންމެ އައުލާކަން ބޮޑީ އަންހެން ކުދިންގެ ރީތިކަމާއި އޮމާން ކަމަށް ހިތްތައް ބަންޑުންކޮށްލައިގެން މި ތިބި ފިރިހެންވެރިންނެވެ.

ހާއްސަކޮށް ލޯބިވެރިޔާ ނުވަތަ އަނބިމީހާގެ އުފަން ދުވަހުގެ ހަދިޔާއަކަށް ދޭނެ އެއްޗެއް ނުވަތަ ދެ މީހުންގެ އެނިވާސަރީގައި ދޭނެ ރަނގަޅު ހަދިޔާއެއް އިހްތިޔާރުކުރުމުގައި އުނދަގޫތަކެއް އުޅޭ ނަމަ ހޯދަންވީ "ފްރޭންކް" އެވެ.

މިއީ ހަމަ ރަނގަޅަށް ވެސް އަންހެން ކުދިން މޮޔަކޮށްލާނެ ހަދިޔާއަކަށް ވެގެންދާނެ ކަމުގެ ޔަގީންކަން އަރުވަމެވެ.

އެހެންވީމަ، މި އާދަޔާހިލާފުކަމެއް ލިބިފައިވާ "ފްރޭންކް" އަކީ ކޮބައިތޯ ބަލާލަމާ ހިނގާށެވެ.

މިއީ ބިއުޓީ ޕްރޮޑަކްޓެކެވެ. އަންހެން ކުއްޖަކަށް ހަދިޔާއެއް ދޭއިރު ބިއުޓީ ޕްރޮޑަކްޓެއް ހަދިޔާއެއްގެ ގޮތުގައި ދިނުމަކީ ވަރަށް ގިނަ ހިތްތަކެއް ލޯބިން ގުޅި އެއިން ލޯބި އުތުރިއަރައިގެންދާ ކަމެކެވެ. ދެން ބައެއް އަންހެން ކުދިން އައިފޯނާއި ގެލެކްސީއަށް ހިތްކިޔައިފާނެ އެވެ.

ނަމަވެސް ލިޕްސްޓިކެއް ނުވަތަ ބޮޑީބަޓާ ދަޅެއް ހަދިޔާކޮށްލައިގެން ވެސް އަންހެން ކުއްޖަކު ތާއަބަދަށް ހެއްވާލެވިދާނެ އެވެ. އެހެންވީމަ "ފްރޭންކް" ނިސްބަތް މި ވަނީ، އަންހެން ކުއްޖަކަށް ހަދިޔާއެއް ހޯދާއިރު ބަލަން ޖެހޭ ކެޓަގަރީތަކުގެ ތެރެއިން ހަމަ އެންމެ މުހިންމު ކެޓަގަރީ އަށެވެ.

"ފްރޭންކް" އިހްތިޔާރުކުރުމަކީ އަންހެން ކުއްޖާ ގޮވައިގެން ކޮފީއަކަށް ދިއުން ކަހަލަ ކަމެކެވެ. ނަމަވެސް ފެންވަރުވާ މާ ގަނޑު ދަށަށެވެ.

އޮސްޓްރޭލިއާގެ އުފެއްދުމެއް ކަމުގައިވާ "ފްރޭންކް" އަކީ ބޮޑީ ސްކްރަބް އެކެވެ. އަންހެން ކުދިންގެ މެދުގައި މިހާރު އެންމެ މަޝްހޫރު މި ވައްތަރުގެ އުފެއްދުމަކީ ޔަގީނަށް ވެސް މިއީ އެވެ.

މިއީ ކޮފީގެ ތާސީރުކަމާއި ތާޒާކަމުން ހަށިގަނޑުގެ ބޭރުފުށް ދޮވެ ސާފުކޮށް އޮމާންކުރުމަށް އެފަދަ ދެ ވަނައެއް ނެތް ވަރުގެ އުފެއްދުމެއް ކަމަށް ބުނެވެ އެވެ. ކޮންމެއަކަސް މި "ފްރޭންކަކާ" ހިތާވެގެން އުޅޭ އަންހެން ކުދިން ބުނަނީ މިހެންނެވެ.

އެހެންވީމަ ހަދިޔާއެއްގެ ގޮތުގައި "ފްރޭންކް" ލޯބިވެރިޔާ އަށް ނުވަތަ އަނބިމީހާ އަށް ދިނުމުން ބިޓު ކަޓައި ވަރިފަށަށް ވެސް އަރާފާނެއެއް ނޫން ހެއްޔެވެ؟ ނޫނެކެވެ. "ފްރޭންކާ" އެކު ހޭދަކުރާ ވަގުތަށް ފަހު ލޯބިވެރިޔާ ނުވަތަ އަނބިމީހާ އެނބުރި އަންނާނީ މާ ތާޒާކޮށެވެ.

"ފްރޭންކް" ގެ ސިއްރަކީ މިއީ އެވެ.

މި އުފެއްދުމުގެ ދެ ތިން ވައްތަރެއް އުޅޭއިރު އެންމެ މަގްބޫލީ އޭގެ "އޮރިޖިނަލް" އޭ ކިޔުނު ވައްތަރެވެ. މިއީ ކޮފީ އާއި އާމަންޑް ތެޔޮ އަދި ލޮނާއި ބްރައުން ޝުގާ އާއި އޯރެންޖު ތެލުގެ އިތުރުން ވިޓަމިން އީ އާއި ނެޗުރަލް ފްރެގްރެންސް އެކުވެގެން އަންނަ އުފެއްދުމެކެވެ.

ގިރަން ތައްޔާރަށް ހުންނަ ކޮފީހެން ހީވާ މިހުރިހައި އެއްޗެއް ބަންދުކޮށްފައި ހުންނަނީ 200 ގުރާމުގެ ހިތްގައިމު ޕެކެޓެއްގަ އެވެ. މި ޕެކެޓް އެންމެ ވައްތަރުވާނީ ޕޯސްޓުން އަތަށް އަރާ ވައްތަރުގެ ބޮޑު ސިޓީއުރައަކާ އެވެ.

މި ޕެކެޓް ހުޅުވާލީމަ އަރައިގެން އަންނާނީ ސީދާ ކޮފީގެ ވަސްގަނޑެކެވެ. ދެން ހަމަ އެއިން ފެންވަރަންވީ އެވެ.

އެހެންވީމަ މި "ފްރޭންކެއް" މިހާ ފައްކާ ހަދިޔާއަކަށް ހަދައިގެން އަންހެން ކުއްޖަކަށް ދޭންވީ ކީއްވެ ހެއްޔެވެ؟

ސަބަބުތައް ތިރީގައި މި އަންނަނީ އެވެ.