overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

ތާއިދެއް ނެތް، އިންތިހާބުގެ ކުރިން ރައީސް ބަލި ގަބޫލުކުރާނެ: އިބޫ

ސެޕްޓެމްބަރު 23 ގެ ކުރިން ރައީސް އަބްދުﷲ ޔާމީން އިންތިހާބު ދޫކޮށްލައްވާނެ ކަމަށް ފެންނަ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ މިއަދު ވިދާޅުވެއްޖެ އެވެ.

ރ. މާކުރަތަށް މިއަދު ހެނދުނު ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ މުހާތަބު ކުރައްވައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ، ރައްޔިތުންގެ ތާއިދު އިދިކޮޅު ކޯލިޝަނަށް ބޮޑުކޮށް އޮތްކަން ވަޑައިގަންނަވާ ކޮންމެ ރަށަކުން ވެސް ފެންނަމުންދާ ކަމަށެވެ.

ހަމައެހެން ރައީސް ޔާމީނަށް ފެނިވަޑައިގަންނަވާނީ އެމަނިކުފާނަށް ރައްޔިތުންގެ ތާއިދު ނެތް ކަމަށް އިބޫ ވިދާޅުވި އެވެ. އިބޫ ވިދާޅކުވީ، ވަޒީފާ އާއި އެހެން ބިރުތައް ދައްކައިގެން ހިފަހައްޓާފައިވާ ބައެއް މީހުން ވެސް މިހާރު އިދިކޮޅާ ފާޅުގައި ގުޅެމުންދާ މަންޒަރު ފެންނަމުންދާ ކަމަށެވެ.

"23 ސެޕްޓެމްބަރު އައުމުގެ ހަފުތާއެއް ކުރިން އަޅުގަނޑަށް ފެންނަނީ ރައީސް ޔާމީން އިންތިހާބު ދޫކޮށްލައްވާތަން، ރައްޔިތުންގެ ތާއިދު ނެތްކަން އެމަނިކުފާނަށް ރަނގަޅަށް ފެންނާނެ،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ރައީސް ޔާމީނާއި ސަރުކާރަށް ބޮޑެތި މަންޒަރުތައް ފެންނަމުންދާނެ ކަމަށެވެ. އިދިކޮޅަށް ތާއިދު ބޮޑުވާ ތަން ފެންނާނެ ކަމަށާއި ވަޒީފާގެ ބިރު ދައްކާފައިވާ މީހުން ފާޅުގައި ނުކުމެގެން އަންނަ މަންޒަރުތައް ފެންނާނެ ކަމަށެވެ. އިންތިހާބުގައި ރައީސް ޔާމީން ބޮޑު ތަނުން ބަލިކުރެވޭނެ ކަމަށް އިބޫ ވިދާޅުވާ ވިދާޅުވުން މިއަދު ވެސް ވަނީ ތަކުރާރު ކުރައްވާފަ އެވެ.

ރ. ރަސްމާދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ މުހާތަބު ކުރައްވައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ، ރައީސް ޔާމީން ފަސް އަހަރަށް ހޮވީ އުއްމީދުތަކާއެކު ކަމަށެވެ. ނަމަވެސް ރައީސް ޔާމީން އަމަލު ކުރައްވަނީ އެއާ ހިލާފަށް ކަމަށާއި އިތުރު ފުރުސަތެއް ދެން ރައްޔިތުން ނުދޭނެ ކަމަށެވެ.

"މިހާރު ވެސް ރައްޔިތުން ބުނަން ތައްޔާރަށް ތިބީ ސޮރީއޭ، ދެން ވަޑައިގަންނަވާށޭ، ރައީސް ޔާމީނަށް ވާވަރު ވެއްޖެއޭ،" އިބޫ ވިދާޅުވި އެވެ.

އިބޫ މިއަދު މާކުރަތަށް އަދި ރަސްމާދޫއަށް ވަޑައިގެންނެވިއިރު އަދިވެސް މިއަދު އެހެން ބައެއް ރަށްރަށަށް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.