ހަބަރު

މާލޭގައި މީހަކަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލައިފި

މާލޭގައި މާރަމާރީއެއް ހިންގާ މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މާލޭގައި މީހަކަށް ތޫނުއެއްޗަކުން ހަމަލާދީ މާރަމާރީ ހިންގާފައިވާ ކަމަށް ރީޕޯޓުކޮށްފައި ވަނީ މިރޭ 9:25 ގައި ކަމަށާއި އެ މީހާއަށް އައިޖީއެމްއެޗް އިން ފަރުވާ ދެމުން އަންނަ ކަމަށެވެ. ނަމަވެސް އިތުރު މީހަކަށް އަނިޔާވި ކަމެއް ނުވަތަ އިތުރު ތަފްސީލެއް ވެސް އަދި ހާމަ ކުރެވެން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި މާރަމާރީ ހިނގާފައި ވަނީ އިސްކަންދަރު ސްކޫލު ކައިރީގަ އެވެ. ވަޅިން ހަމަލާ ދީފައި ވަނީ މީހެއްގެ ބޮލަށް ކަމަށައި އޭނާއަށް ސީރިޔަސް އަނިޔާތަކެއް ލިބުނު ކަމަށް މައުލޫމާތު ލިބެ އެވެ.