overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

އިންތިހާބު އޮބްޒާވް ކުރަން އދ އަދި އީޔޫ ބައިވެރިއެއް ނުވާނެ

ރިޔާސީ އިންތިހާބު އޮބްޒާވް ކުރުމަށް އީޔޫ އަދި އދ އަށް ދެއްވި ދައުވަތު ގަބޫލެއް ނުކުރެއްވި ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އީސީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަރީފް ވިދާޅުވީ ރިޔާސީ އިންތިހާބު އޮބްޒާވް ކުރުމަށް އދ. އަށް ދައުވަތު ދެއްވި ކަމަށާއި ނަމަވެސް އެ ޖަމިއްޔާއަކީ އިންތިހާބުގެ ކަންކަން އޮބްޒާވް ކުރާ ފަރާތެއް ނޫން ކަމަށް އދ އިން ބުނެފައިވާ ކަމަށެވެ. ހަމަ އެ ފުރުސަތު އީޔޫއަށް ވެސް ދިނުމަށް ދައުވަތު ދީފައިވާ ކަމަށާއި މިމަހު މެދެއްހާ ހަމައިގައި އީޔޫ އިން ފޮނުވާފައިވާ ސިޓީއެއްގައި ރާއްޖޭގެ ރިޔާސީ އިންތިހާބު އޮބްޒާވް ކުރުމުގެ ޝައުގުވެރިކަމެއް ނެތް ކަމަށް ބުނެފައިވާ ކަމަށް ޝަރީފް ވިދާޅުވި އެވެ.

"އެހެންވެ އީޔޫ އިންނާއި ޔޫއެންގެ އެއްވެސް ކަހަލަ ރެޕްރެޒެންޓޭޓިވްއެއް މި އިންތިހާބުގެ އިބްޒަވޭޝަންގެ ތެރޭގައި ނުހިމެނޭނެ ކަމަށް އަޅުގަނޑުމެންނަށް މި ލަފާ ކުރެވެނީ،" ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ އޮބްޒާވަރުންނާއި މޮނިޓަރުންގެ ގޮތުގައި 6030 އެޕްލިކޭޝަން ލިބިފައިވާ ކަމަށެވެ. އެގޮތުން ބޭރުގެ މޮނިޓަރުންގެ ތެރެއިން 34 ފަރާތަކުން އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށާއި އެ ފަރާތްތަކުގެ ފޯމް ގަބޫލުކޮށްފައިވާ ކަމަށެވެ. އަދި ބޭރުގެ 25 އޮބްޒާވަރުންނަށް ދައުވަތު ދީފައިވާ ކަމަށާއި އިތުރު ފަސް ފަރާތަކުން އިންތިހާބު އޮބްޒާވް ކުރުމަށް އަންނާނެ ކަމަށް އިޝާރަތް ކުރައްވާފައިވާ ކަމަށެވެ.