overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

ކުރިއަށް އޮތް ފަސް އަހަރު ތެރޭ ޒުވާނުންނަށްވުރެ ވަޒީފާ ގިނަވާނެ: ރައީސް

އިތުރު ދައުރެއް ލިބިއްޖެނަމަ އެދައުރުގެ މަސައްކަތްތައް އުންމީދު ކުރާ ގޮތަށް ކުރެވިއްޖެނަމަ ކުރިއަށް އޮތް ފަސް އަހަރު ނިމިގެންދާއިރު ވަޒީފާ ނުލިބޭ ޒުވާނަކު ރާއްޖޭގައި ނުހުންނާނެ ކަމަށާއި ރާއްޖޭގައި ޒުވާނުންނަށްވުރެ ވަޒީފާ ގިނަވެގެންދާނެ ކަމަށް ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ޕީޕީއެމަށް އަލަށް ގުޅުނު ޒުވާނުންގެ ފޯމް ހަވާލު ކުރެއްވުމަށް މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ވިދާޅުވީ، ކުރަމުން ގެންދާ އެންމެ ބޮޑު މަސައްކަތަކީ ޒުވާނުންނަށް ވަޒީފާ ހޯދައިދިނުން ކަމަށާއި ޒުވާނުން ބާރުވެރި ކުރުވައި އާމްދަނީލިބި ޒަވާޖީ ހަޔާތެއްފަށައި ދައުލަތް ހިންގުމުގައި އެޒުވާނުންގެ ހިއްސާ އޮތުމަށް ކުރެވެމުން ގެންދާ މަސައްކަތް ކަމަށެވެ.

އަޅުގަނޑު ކުރީގެ ދެންނެވީ 93،000 ވަޒީފާ، މިހާރު މިދަންނަވަނީ 70،000 ވަޒީފާ ހޯދައިދީފީމޭ، މާލެ އަތޮޅު ފަޅުން އެކަނި 30،000 ވަޒީފާ އުފައްދާނަމޭ، ކުޅުދުއްފުށީ ސަރަހައްދުން ވަޒީފާ އުފައްދާނަމޭ، ގއ. އިން 4000 ވަޒީފާ އުފައްދާނަމޭ، ގދ. އިން 6000 ވަޒީފާ އުފައްދާނަމޭ، އަޅުގަނޑު އުންމީދު ކުރާ ގޮތަށް މަސައްކަތް ކުރެވިޖިއްޔާ ފަސް އަހަރު ނިމިގެންދާއިރު ރާއްޖޭގައި ޒުވާނަކު ނުހުންނާނެ ވަޒީފާ ނުލިބިއެއް، ހަގީގަތުގައި ވަޒީފާ ގިނަވާނެ ޒުވާނުންނަށް ވުރެ، އެހެން ވީމަ ކީއްވެތޯ ރައީސް ޔާމީންގެ ޑްރީމް ޒުވާނުން ނުކުރަންވީ، އެހެންވީމަ ރައީސް އާއެކު ޒުވާނުން ތިބެން ޖެހެނީ،" ރައީސް ވިދާޅުވި އެވެ.

ރައީސްް ވިދާޅުވީ، މިމަހުގެ 30 ވަނަ ދުވަހު ފައްޓަވާ ދަތުރަކީ ވަރުނުލާ ރާޅުގަނޑުން ފެށިގެން ހުޅުމާލެއަށް ލޮނުކޮޅެއްގައި ނުޖެހި ފަށާ ދަތުރެއް ކަމަށާއި އެމަނިކުފާނާއެކު އެދަތުރު ނުކުރަންވީ ސަބަބެއްނެތް ކަމަށެވެ. އަދި ރައްޔިތުން މިއަދު ދަތުރު ކުރަނީ ވަރަށް އުނދަގުލުގައި ކަމަށާއި ނަމަވެސް އެމަނިކުފާނާއެކު ދަތުރުކުރައްވަން ތައްޔާރުނަމަ އެއަށްވުރެ ފަސޭހަގޮތް އެބައޮތް ކަމަށްވެސް ރައީސް ވިދާޅުވިި އެވެ.

ރައީސް ވިދާޅުވީ، މިހާރުވެސް ކުރަމުންދާ މަސައްކަތަކީ މިއޮތް ކުޑަ ދުވަސް ކޮޅުގެ ތެރޭގައި ޓާފް ދަނޑުތައް ހަދައި ނިންމުން ކަމަށާއި އެކަން ނުނިމި ލަސް ވަނީ އެކަން ކުރާނެ މީހުން ނެތުމުން ކަމަށެވެ. ނަމަވެސް މިހާރު އެރަށެއްގައި ތިބި ޒުވާނުން ލައްވައި އެމަސައްކަތް ކުރަމުންގެންދާކަންވެސް ރައީސް ފާހަގަ ކުރެއްވި އެވެ.

"ރައީސް ޔާމީން ފަށާއިގެން މިއުޅުއްވާ ދަތުރުގައި އެއްވެސް ބޭފުޅަކު ބާކީއެއް ނުކުރަން، އެއްވެސް ގިންތިއެއް ބާކީނުވެ، އަޅުގަނޑުމެން ބިނާ ކުރަމުން މިދަނީ އޯގާތެރި މުޖުތަމައެއް، އޯގާތެރި މުޖުތަމައެއް ބިނާ ކުރަމުންދާއިރު ޒުވާނުން ތާފް ދަނޑުތަކުގައި އުދުހޭތަން ކީއްވެތޯ ނުދެކެންވީ، އަޅުގަނޑާއެކު ތިއްބެވިނަމަ އަޅުގަނޑުދެކެނީ ޒުވާނުންނަކީ މެދުއުޑުގައި ފިޔަޖަހާ ބަޔަކަށް ބެގެންދާނެ ކަމަށް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، މިހާރު އަޅަމުންދާ އެއާޕޯޓުން އެތައް ހާސް ވަޒީފާއެއް އުފެދިގެންދާނެ ކަމަށާއި އެ އެއާޕޯޓަކީ ރިސޯޓްތައް ތަރައްގީ ކުރަން އޮތް މައި ދޮރާށި ކަމަށެވެ. އަދި ޒުވާނުންނަށް ބޭނުންވާ ވަޒީފާއާ ތަރައްގީ އޮތީ އެކަމާ ގުޅިފައި ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

"އެމްޑީޕީން 18 އަހަރު ދުވަހުގެ ތެރޭގައި ގެންނެވޭނެ ތަރައްގީ މި ފަސް އަހަރު ދުވަހުގެ ތެރޭގައި ގެނެސްދެވިއްޖެ، ރައްޔިތުން އުންމީދު ކުރަންވާނީ ރައްޔިތުންނަށް އުންމީދު ދައްކުވައިދޭ މީހަކާއެކީ، ހުވަފެން ދެކެންވާނީ އެއަށްވުރެ ރީތި ހުވަފެން ދެކޭ މީހަކާއެކީ، އެހުވަފެނުގައި ހާގީގީ ކުލަ ޖައްސާދޭނެ ކެޕާސިޓީ ހުރި މީހަކާއެކީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނަށް ކިޔަންވާނީ ކެނޑިޑޭޓް ނަމްބަރު އެކެއް ކަމަށާއި މަރުހަބާވެސް ކިޔަންވާނީ ކެނޑިޑޭޓް ނަމްބަރު އެކެއްގެ ގޮތުގައި ކަމަށެވެ. އެއީ އެމަނިކުފާނަކީ ރާއީސްގެ މަގާމުގައި ހުންނެވި ބޭފުޅާކަމުގައިވީ ނަމަވެސް އިންތިހާބަކާ ކުރިމަތި ލައިގެން އުޅުއްވާތީ ކަމަށް ރައީސް ވިދާޅުވި އެވެ. އިންތިހާބަށް ހަފްތާއަކަށްވެފައި ވަނިކޮށް ނަން އަނބުރާ ގެންދާ ކަމަށްވަނީނަމަ އުންމީދު ކުރަނީ އިދިކޮޅު ކެނޑިޑޭޓްވެސް އެގޮތަށް އަމަލު ކުރައްްވާނެ ކަމަށް،

ރައީސް ޔާމީން އިންތިހާބަކަށް ހަފްތާއަކަށްވެފައި ވަނިކޮށް ނަން އަނބުރާ ގެންދަވާނެ ކަމަށް އިދިކޮޅުން ދައްކަވާ ވާހަކަތަކަށް ރައްދު ދެއްވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނު އިންތިހާބަށް ހަފްތާއަކަށްވެފައި ވަނިކޮށް ނަން އަނބުރާ ގެންދާ ކަމަށްވަނީނަމަ އުންމީދު ކުރަނީ އިދިކޮޅު ކެނޑިޑޭޓްވެސް އެގޮތަށް އަމަލު ކުރައްްވާނެ ކަމަށް ކަމަށެވެ.