overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ރިޕޯޓް

ރައީސް ޔާމީނާއި އިބޫ: ގިނައިން ތުރުކުރައްވަނީ ހުދު ގަމީސް!

މި މަހު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ދެ ކެނޑިޑޭޓުން ކަމުގައިވާ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ކެމްޕެއިން ދަތުރުފުޅުތަކުގައި ވަރަށް ގިނަ ރަށްރަށް މިހާރުވެސް ވަޑައިގަންނަވައިފި އެވެ. ދެ ބޭފުޅުންގެ ދަތުރުފުޅުތައް އަދިވެސް ކުރިޔަށް އޮތީ އެވެ. މި ދަތުރުފުޅުތަކުގައި އަވަދިނެތި އުޅުއްވާއިރު ދަތުރުތަކުގައި ދެ ބޭފުޅުން ވެސް އެންމެ ގިނައިން ބޭނުންފުޅު ކުރައްވަނީ ހުދު ގަމީހެވެ.

ރައީސް ޔާމީން އާދަކޮށް ހުދު ގަމީސް ތުރު ކުރެއްވި ނަމަވެސް، ޕްލޭން ހުދު ގަމީސް ތުރު ކުރުވައިގެން ހުންނަވާ ތަން ފެންނަނީ ވަރަށް މަދުންނެވެ. އެމަނިކުފާނު ތުރު ކުރައްވާ ހުދު ގަމީސްތަކުގައި އަބަދުވެސް މަޑު މަޑު ކުލައެއް ހުންނަ ކޮންމެވެސް ޑިޒައިނެއް ހުރެ އެވެ. އާންމުކޮށް ތުރު ކުރައްވަނީ މަޑު ކުލައަކުން ކުދި ގޮޅިތައް ޖަހާފައި ހުންނަ ހުދު ގަމީހެވެ.

އެންމެ ތަފާތު ކުލައެއްގެ ގަމީހެއް ރައީސް ތުރުކުރައްވައިގެން ހުންނެވީ ގއ. ކޮނޑޭއަށް ވަޑައިގެންނެވި ދުވަހު އެވެ. އެއީ މަޑު މުށި ކުލައިގެ ގަމީހެކެވެ. އާންމުކޮށް ފަޓުލޫނު ކަޅާއި ގަދަ އަޅި ކުލައިންނެވެ. އަދި ރަށްރަށް ވަޑައިގަންނަވާއިރު އާންމުކޮށް ތިން ވައްތަރެއްގެ އަވި އައިނެއް އަޅުއްވަ އެވެ.

އިދިކޮޅު ފަރާތްތަކުގެ ރިޔާސީ ކެންޑިޑޭޓް، އިބޫ ހދ. އަތޮޅާއި ރ. އަތޮޅާއި ބ. އަތޮޅަށް އަދި މިފަހުން ސްރީލަންކާއަށް ކުރެއްވި ކެމްޕެއިނު ދަތުރުފުޅުގައި ވެސް ތުރުކުރެއްވެވީ އަތް ދިގު ހުދު ގަމީހާއި ކަޅު ފަޓުލޫނެވެ. ނަމަވެސް އެންމެފަހުން ހދ. ކުޅުދުއްފުއްޓަށް ވަޑައިގެންނެވި ދުވަހު ތުރުކުރައްވައިގެން ހުންނެވީ މަޑު ނޫކުލައިގެ ގަމީހެވެ.

މާލޭގެ ބައެއް ގޭގެއަށް ދޮރުން ދޮރަށް ކުރެއްވި ކެމްޕެއިނުގައި އިބޫ ތުރުކުރައްވައިގެން ހުރީ މަޑު ރީނދޫ ކުލައިގެ ގަމީހެކެވެ. ކޮންމެ ކުލައެއްގެ ގަމީހެއް ތުރުކުރެއްވި ނަމަވެސް އިބޫ އާދަކޮށް ކުރައްވާ ކަމެއް އޮވެ އެވެ. ގަމީހުގެ ޖީބުގައި އަބަދުވެސް ގަލަމެއް ޖައްސަވާފައި ހުރެ އެވެ. އަދި އިބޫ އެންމެ އާންމުކޮށް އަޅުއްވަނީ ރީނދޫ ކުލައިގެ ޓައީ އެވެ.