ވިޔަފާރި

މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ޔާމީން ހުުޅުވައި ދެއްވައިިފި

Aug 28, 2018
2

މާފަރުގައި ހަދާފައިވާ އިންޓަނޭޝަނަލް އެއާޕޯޓް، ރައީސް އަބްދުﷲ ޔާމީން މިއަދު ހުޅުވައި ދެއްވައިިފި އެވެ.

ރައީސް ޔާމީން ނ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މާފަރު އެއާޕޯޓުގެ އިތުރުން އެ ރަށުގައި ސަރުކާރުން ހަދާފައިވާ ބަނދަރުވެސް ވަނީ ހުޅުވާފަ އެވެ.

މާފަރުގައި ހަދާފައިވާ އާ އިންޓަނޭޝަނަލް އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސާފައިވަނީ މިމަހުގެ 14 ވަނަ ދުވަހު އެވެ.

އަބޫދާބީ ފަންޑުގެ 60 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއްގެ ދަށުން ހަދާ މި އެއާޕޯޓް ނިމޭއިރު، އެންމެ ބޮޑެތި މަތިންދާ ބޯޓްތައް ކަމަށްވާ އެއާބަސް އޭ 320 އާއި ބޮއިން 737 މަރުކާގެ ބޯޓު ފަހަރު ޖެއްސޭނެ އެވެ. އެ ރަށުގައި އަޅަނީ 2،200 މީޓަރު ދިގު 40 މީޓަރު ފުޅާ ރަންވޭ އެކެވެ. އަދި ރަންވޭ އާއެކު ހިތްގައިމު ޓާމިނަލްއަކާއި ވީއައިޕީ ލައުންޗެއް ވެސް އަޅާނެ އެވެ.