ހަބަރު

އިބޫގެ އުފަން ރަށުން ރައީސްއަށް ހޫނު މަރުހަބާއެއް

އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ އުފަން ރަށް، ޅ. ހިންނަވަރަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގަައްޔޫމް މިރޭ ވަޑައިގެންފި އެވެ.

މަޝްރޫއުތައް އިފްތިތާހު ކުރުމަށް ރައީސް ޅ އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރައީސް މިއަދު ފުރަތަމަ ވަދައިގަތީ ނައިފަރަށެވެ. އެއަށް ފަހު އެމަނިކުފާނު މިރޭ ވަނީ ހިންނަވަރަށް ވަޑައިގެންފަ އެވެ. ރައީސް އެ ރަށަށް ވަޑައިގަތުމުން ގިނަ އަދަދަކަށް މީހުން ވަނީ އެމަނިކުފާނަށް މަރުހަބާ ކިޔުމަށް ނިކުމެފަ އެވެ.

ރައީސް ހިންނަވަރަށް ވަޑައިގެންނެއިރު އެ ރަށަށް ނިސްބަތްވާ އިބޫ ކެމްޕެއިނަށް އަދި އެ ރަށަށް ވަޑައެއް ނުގަންނަވަ އެވެ. އިދިކޮޅު ކެންޑިޑޭޓު މިވަގުތު ހުންނެވީ ކެމްޕެއިން ދަތުރުފުޅެއްގައި ގދ. އަތޮޅުގަ އެވެ.