ހަބަރު

ގަމާއި ފޭދޫ ކޯޒްވޭ މަތިން ދަތުރުކުރި ކާރެއް މޫދަށް ވެއްޓިއްޖެ

Jun 7, 2015

އައްޑު އަތޮޅު ގަމާއި ފޭދޫ ކޯޒްވޭ މަތިން ދަތުރު ކުރި ކާރެއް މޫދަށް ވެއްޓިއްޖެ އެވެ. މި ހާދިސާގައި މީހަކަށް ގެއްލުމެއް ނުވެއެވެ.

ތިން މީހުނާއެކު ދަތުރު ކުރި އެކާރު ކޮންޓްރޯލު ނުވެގެން ގޮސް ފާލަން މަތިން މޫދަށް ވެއްޓުނީ ރޭ ފަތިހު އެވެ.

ކާރު ވެއްޓުނީ ގަމަށް ދަތުރު ކުރަމުން ގޮސް ފޭދޫއާވީ ކޮޅަށް އަނބުރާލަން އުުޅުމުގެ ތެރޭގަ އެވެ. ވެއްޓުނު ކާރު މިހާރު ވަނީ ނަގާފައެވެ. މީހަކަށް ގެއްލުން ނުވި ނަމަވެސް ކާރަށް ވަނީ ބޮޑެތި ގެއްލުންތައް ލިބިފަ އެވެ.