ހޮލީވުޑް

ޓޮޕް ގަންގެ ސީކުއެލް ފަސްކޮށްފި

ޕެރެމައުންޓް ޕިކްޗާސްއިން ގެނެސްދޭން ތައްޔާރުވަމުން އަންނަ، 1986 ވަނަ އަހަރު ނުކުތް ޓޮމް ކްރޫޒްގެ ފިލްމު "ޓޮޕް ގަން" ގެ ސީކުއެލް ރިލީޒްކުރާ ތާރީހު ފަސްކޮށްފި އެވެ. އަންނަ އަހަރު ޖުލައި މަހު 12 ގައި ރިލީޒް ކުރަން ނިންމާފައި އޮތް މި ފިލްމު ދެން ރިލީޒް ކުރާނީ ޖޫން 26، 2020 ގަ އެވެ.

ޓޮމް ކްރޫޒްއާކު މުހިންމު ރޯލުތަކުން މި ފިލްމުގައި މައިލްސް ޓެލާ، ޖެނިފާ ކޯނެލީ، ގްލެން ޕޯވެލް، ލުވިސް ޕުލްމަން، ޖޯން ހެމް، އެޑް ހެރިސް އަދި ވަލް ކިލްމާ ފެނިގެންދާނެ އެވެ. މި ފިލްމު ޑައިރެކްޓުކުރަނީ ފިލްމު "އޮބްލިވިއަން" ޑައިރެކްޓުކުރި ޖޯއީ ކޮސިންކީ އެވެ. އަދި ފިލްމުގެ ސްކްރީންޕްލޭ ލިޔަނީ ޕީޓާ ކްރެގްއާއި ޖަސްޓިން މާކްސް އެވެ.

ސީކުއެލްގައި ގެނެސްދޭނީ ޑްރޯން ޓެކްނޮލޮޖީގެ ދުނިޔެއެއްގައި ހިނގާ ކަންކަމެވެ. އަދި ކުއްތާ ބޭނުންކޮށްގެން ކުރީގައި ކުރަމުންދިޔަ ޑޯގްފައިޓިން އީރާއަށް ނިމުންއައިގޮތް މި ފިލްމުގައި ހިމަނާނެ އެވެ. ޓޮމް ކްރޫސް މި ފިލްމުގައި ކުޅެނީ ފްލައިޓް އިންސްޓުރަކްޓަރެއްގެ ރޯލެވެ.

އަ ކުއައިޓް ޕްލޭސްގެ ސީކުއެލް ރިލީޒްކުރާ ތާރީހުވެސް ހާމަކޮށްފި

ޕެރެމައުންޓް ޕިކްޗާސްއިން ވަނީ އެ ސްޓޫޑިއޯއިން މި އަހަރު ގެނެސްދިން ސައިންސް ފިކްޝަން ހޮރޯ ފިލްމު "އަ ކުއައިޓް ޕްލޭސް" ގެ ސީކުއެލް ގެނެސްދޭނެ ތާރީހުވެސް ހާމަކޮށްފަ އެވެ. އެ ފިލްމު ރިލީޒްކުރާނީ މެއި 15، 2020 ގަ އެވެ.

"އަ ކުއައިޓް ޕްލޭސް" ގެ ފުރަތަމަ ފިލްމު ޑައިރެކްޓުކުރީ "ޓޮޕް ގަން" ޑައިރެކްޓުކުރާނެ ޖޯއީ ކޮސިންކީ އެވެ. ސީކުއެލްގެ ސްކްރިޕްޓް ތައްޔާރުކުރާނީ އޭނާ އެވެ. ނަމަވެސް އޭނަ އެ ފިލްމު ޑައިރެކްޓުކުރާނެ ކަމެއް އަދި ކަށަވަރެއް ނުވެ އެވެ.