ހަބަރު

ސްވެނިއާ ފިހާރައަކުން އެކި ފަހަރު މަތިން ވައްކަންކުރި މީހަކު ޖަލަށް

Jun 7, 2015

މާލޭގެ ސްވެނިއާ ފިހާރައަކުން އެކި ފަހަރު މަތިން ވައްކަންކުރި މީހަކު އެއް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފި އެވެ.

 މި ކުށް ސާބިތުވީ މއ. ރޮކްބީޗްވިއު، ޙުސައިން ޖުމާން 22، ގެ މައްޗަށެވެ. ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވަނީ ވިޔަފާރި ކުރާތަނަކުން 10،000ރ. އަށްވުރެ މަތީ އަދަދެއްގެ ފައިސާއިން ވައްކަންކުރުމުގެ ކުށުގެ ދަޢުވާ އެވެ. އޭނާގެ މައްޗަށް ކުރި ހުކުމުގައި ބުނަނީ ހެކިންގެ ހެކިބަހުން ވައްކަންކުރުމުގެ ކުށް ޝަރީޢަތަށް ސާބިތުވާކަމަށެވެ.

ވައްކަންކުރުމުގެ ކުށުން ޖުމާން ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި މިއީ އޭނާގެ މައްޗަށް މިފަދަ ކުށެއް ސާބިތުވި ފުރަތަމަ ފަހަރުކަމަށްވާތީ، ހަ މަސްދުވަހަށް، އަދި އޭނާ ވައްކަންކޮށްފައިވަނީ ވިޔަފާރިކުރާ ތަނަކުން ކަމަށްވާތީ ހަ މަސްދުވަހަށް، ޖުމްލަ އެއް އަހަރު ދުވަހުގެ މުއްދަތަށެވެ.