overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

އިބޫގެ ހާލަތާމެދު ދެރަވޭ، މެނިފެސްޓޯވެސް ދެއްކޭކަށް ނެތް: ރައީސް

އިދިކޮޅު އިއްތިހާދުގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އަށް ކުރިމަތިވެފައިވާ ނިކަމެތި ހާލަތާއި މެދު ހިތާމަ ކުރައްވާކަމަށް ރައީސް އަބުދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ޅ. ކުރެންދޫ ގޮނޑޮދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ނިންމުން ފާހަގަ ކުރުމަށް، އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އިދިކޮޅު ކެނޑިޑޭޓް އިބޫއަށް އަދިވެސް މެނިފެސްޓޯއެއް ލިބިވަޑައިނުގަންނަވާ ކަމަށާއި، އިބޫ މިހާރު ގެންގުޅުއްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މެނިފެސްޓޯޯގެ ބައިތަކެއް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ އެމްޑީޕީއިން އަދިވެސް ބޭނުން ވަނީ، ރައީސް މުހައްމަދު ނަޝީދު ބައިވެރިވާ އިންތިހާބެއް ބޭއްވުމަށް ކަމަށެވެ.

"އަޅުގަނޑު ހަމަދެރަވޭ އިބްރާހިމް މުހައްމަދު ސޯލިހުގެ ހާލަތާއިދޭތެރޭ. އޭނަ އަތްޕުޅަކުނެތް އެބޭފުޅުންގެ ޕާޓީގެ މެނިފެސްޓޯއެއް ނެތް. ރައީސް ނަޝީދުގެ މެނިފެސްޓޯއިން ތަންތަންކޮޅު އެ ލިބިވަޑައިގަންނަވަނީ. އަދިވެސް އެމްޑީޕީން އިސްލާހުގެނައި މެނިފެސްޓޯ އިބްރާހިމް މުހައްމަދު ސޯލިހު އަތަކަށް ނުލިބޭ. އެއީ އިބްރާހިމް މުހައްމަދު ސޯލިހު އުމްމީދެއް ނުކުރޭ. އިންތިޒާރެއް ނުކުރޭ. އެމްޑީޕީއަކުން އިންތިޒާރެއް ނުކުރޭ. ރައީސް ނަޝިދަށް ކުރިމަތިނުލެވޭނެ އިންތިހާބެއް ދިވެހި ރާއްޖޭގައި އޮވެދާނެ ކަމަކަށް،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، އެމްޑީޕީން އަދިވެސް ތިބީ ރައީސް ނަޝީދަށް އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ލިބޭނެ ކަމުގެ އުމްމީދުގައި ކަމަށެވެ. އަދި އެމްޑީޕީއަކީ ރައްޔިތުންނާއި އިދިކޮޅު ފިކުރެއް ކަމަށާއި، އެމްޑީޕީއާއެކު އަދިވެސް ދިވެހި ރައްޔިތުންގެ ބަޔަކު ތިއްބެވީތީ ހައިރާންވާ ކަމަށެވެ.

އިދިކޮޅު ކޯލިޝަންގައި ހިމެނޭ އަދާލަތާއި، ޖުމްހޫރީޕާޓީއަކީ އަބަދުވެސް އެމްޑީޕީގެ ފިކުރާއެކު މަސައްކަތް ކުރާ ބައެއް ކަމަށް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ، އެމްޑީޕީގެ ފިކުރު އެމްޑީޕީގެ އިސް ފަރާތްތަކުން އަދިވެސް ބަދަލެއް ނުކުރާކަމަށާއި އެ މީހުން ތިބީ ހަމަ އެގޮތުގައި ކަމަށެވެ. އެހެން ނަމަވެސް އެމްޑިޕީއާއެކު މިހާރު ތިިބި ފަރާތްތަކުގެ ފިކުރު ވަނީ ބަދަލުވެފައިކަމަށާއި، އޭރުވެސް އަދިި މިހާރުވެސް އެމްޑީޕީގެ ފިކުރާ ދެކޮޅު ހައްދަވަނީ އެމަނިކުފާނު ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައިވެ އެވެ.

އެެންމެ ގިނައިން ޕާޓީ ބަދަލުކުރެއްވީ ރައީސް ޔާމީން ކަމަށް އިދިކޮޅުން ދައްކާ ވާހަކައަށް ރައްދު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނު ސިޔާސީ ޕާޓީތައް ބަދަލު ކުރުމާއި، ސިޔާސީ ޕާޓީތަކުގެ ލީޑަރުންގެ ގޮތުގައި ތިބި ފަރާތްތަކުން ފިކުރު ބަދަލު ކުރުމާއި ވަރަށް ތަފާތު ކަމަށެވެ. އެމަނިކުފާނު މިއަދުވެސް ހުންނެވީ އެ ހުންނެވި ފިކުރާއެއްކޮށް ކަމަށް ވިދާޅުވި އެވެ.

ރައިސް ޔާމީންގެ ވާހަކަފުޅުގައި ވަނީ އިދިކޮޅު ފަރާތްތަކުން ދައްކަވަމުން ގެންދަވާ އިތުރު ވާހަކަތަކަކަށްވެސް ރައްދު ދެއްވާފައެވެ. އެގޮތުން، ރާއްޖެއިން ބޭރަށް އެކްސްޕޯޓް ކުރާ މަހުގެ އަގު ކަނޑައަޅާނެ ކަމަށް ބުނާ ބުނުމަށް ރައްދު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ، އެކްސްޕޯޓް ކުރާ އެއްވެސް މުދަލެއްގެ އަގު ކަނޑައެލުމުގެ ގާބިލިއްޔަތު ކަމެއް ދިވެހިންގެ ނެތް ކަމަށެވެ.