ވިޔަފާރި

މެކްސްކޮމްއިން "ނޯވާ 3" އަދި ނޯވާ "3 އައި" ވިއްކަނީ

Sep 2, 2018
1

ދުނިޔޭގައި އެންމެ ހިންގާ އެއް ފޯނު ކަމަށްވާ ވާވޭ ބްރޭންޑުގެ "ނޯވާ 3" އަދި ނޯވާ "3 އައި" މެކްސްކޮމްއިން ވިއްކަން ފަށައިފި އެވެ.

މެކްސްކޮމް އިން ބުނީ ސޯސަންމަގުގައި ހުންނަ އެ ކުންފުނީގެ ޝޯ ރޫމުން "ނޯވާ 3" އަދި ނޯވާ "3 އައި" ވިއްކަންމުން އަންނަ ކަމަށާއި އެ ދެ ފޯނުގައި ވެސް ދެ ކެމެރާ ހިމެނޭ ކަމަށެވެ.

ވާވޭގެ ނޯވާ 3 އަދި 3 އައި އަކީ 6.3 އިންޗީގެ ދެ ފޯނެވެ. އަދި މި ފޯނު ގަންނަ މީހުންގެ ޝައުގުވެރިކަން ދަމައިގަންނަ އަނެއް ސިފައަކީ މީހާގެ މޫނު ދެނެގަންނަ "ފޭސް ރިކޮގްނިޝަން" ހިއްސު މީގައި ހިމަނާފައި ވުމެވެ. މި ފޯނުގައި 128 ޖީބީ ހިމެނެ އެވެ. އަދި ނޯވާ 3 އައިގެ 256 ޖީބީ އަށް ބޮޑު ކޮށްލެވެ އެވެ.

މެކްސްކޮމް އިން ބުނީ މި ފޯނުގެ ކަޅު ކުލަ އާއި ރަތް އަދި އައިރިސް ޕާޕަލް ކުލައިގެ އިތުރުން އެއަރީ ބްލޫވެސް ލިބެން އެބަހުރި ކަމަށެވެ.