overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

ރަށް ތަރައްގީ ކުރުމުގެ ބާރު ދޭނީ ކައުންސިލަށް: އިބޫ

ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި، ރަށްރަށް ތަރައްގީ ކުރާނީ ލާމާރުކަޒީ ނިޒާމުން ކަމަށާއި، ރަށް ތަރައްގީ ކުރުމަށްޓަކައި ހަދަންޖެހޭ ޕްލޭންތަކާއި، އުމްރާނީ މަސައްކަތް ކުރުމުގެ ބާރު ދޫކޮށްލާނީ ރަށްރަށުގެ ކައުންސިލްތަަކަށް ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.

ކެމްޕެއިނުގައި ގއ. ކޮނޑޭއަށް ވަޑައިގެން ރައްޔިތުންނާއި މުޙާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ، ރަށްޔިތުން އިންތިހާބު ކުރާ ކައުންސިލަރުން މެދުވެރިކޮށް ރަށްތައް ތަރައްގީ ކުރުމަކީ، ޖަޒީރާ ގައުމެއް ތަރައްގީ ކުރުމަށް އޮތް އެންމެ ރަނގަޅުގޮތް ކަމަށެވެ.

އިބޫ ވިދާޅުވީ، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ސިޔާސަތު ތަކުގެ ތެރޭގައި، ތަރައްގީ ކުރުމަށް ކުރާ މަސައްކަތުގައި އެންމެ ފުރަތަމަ ވައުދު ވަނީ އަސާސީ ހިދުމަތް ގާއިމް ކޮށްދޭން ކަމަށާއި، އެގޮތުން، ފެނާއި ކަރަންޓާ، ނަރުދަމާ ގާއިމް ކޮށްދޭނެ ކަމަށެވެ. އަދި، ކޮނޑޭ އިންޖީނުގެއިން ރައްޔިތުން ބޭނުންވާ ވަރަށް ހިދުމަތް ފޯރުކޮށް ނުދެވޭ ކަމަށާއި، ކައުންސިލް މެދުވެރިކޮށް ހަދާ ތަރައްގީގެ ޕްލޭންގައި އެކަންކަންވެސް ހަމަޖެހިގެންދާނެ ކަމަށެވެ.

"ކިތަންމެ ބޮޑު އިމާރާތެއް ވެސް އެޅިދާނެ. ކިތަންމެ ދިގު ފާލަމެއްވެސް އެޅިދާނެ. އެހެން ނަމަވެސް އޭގެ ފަހަތުގައި ފޮރުވިފައިވާ ވައްކަން އޮވެއްޖެއްޔަކާ ރައްޔިތުންނެެއް އެ ބަލައެއް ނުގަންނާނެ. މިއަދު ވެރިކަމުގައި އޮތް ސަރުކާރަށް ދިމާވެގެން އުޅޭ މައްސަަލައަކީ އެއީ. ތަރައްގީގެ ކޮންމެ ޕްލޭނެއް ހިންގާއިރުގައި އޭގެ ފަހަތުގައި ފޮރުވިފައިވާ ވައްކަމާއި ކޮރަޕްޝަން އިންތިހާއަށް އެބައޮތް" އިބޫ ވިދާޅުވިއެވެ.

ގުޅިފައިވާ ސިޔާސީޕާޓީތަކުގެ ސަރުކާރެއްގައި ވައްކަމާއި، ކޮރަޕްޝަނަށް ހުޅުވިފައިހުރި ހުރިހާ ދޮރެއް ބަންދުކުރާނެ ކަމަށާއި، އެފަދަ ކަމަކަށް އަރައިގަންނަ މީހުންނަށް ދެވަނަ ފުރުސަތެއް ނުދީ އެކަންކަން ބެލިގެންދާނެ ކަމަށްވެސް އިބޫ ވަނީ ވިދާޅުވެފައެވެ.