overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ރިޔާސީ އިންތިހާބު 2018

ޕީޕީއެމްގެ ފިޔާތޮށި ބުރުގާއާ އިދިކޮޅު މާފަތި!

ކެމްޕޭން ދަތުރުތަކަށް ރިޔާސީ ދެ ކެނޑިޑޭޓުންނާއި ރަނިން މޭޓުން ރަށްރަށް ވަޑައިގަންނަވާއިރު، ހޫނު މަރުހަބާއެއް ކިޔާ ވާހަކަ ހަބަރުތަކުގައި އަބަދުވެސް އޮވެ އެވެ. އެއް ރަށަށްވުރެ އަނެއް ރަށުން ފޯރިގަދަ ވެސް ކޮށްލަ އެވެ. ވިހާވެސް ތަފާތު ކޮށްލުމަށް މަސައްކަތް ވެސް ކުރެ އެވެ. އިންތިހާބަށް ދެތިން ހަފުތާއަށް ވީއިރު، ރަށްރަށުގައި ފޯރި ދަނީ އުތުރި އަރައިގެންނެވެ. އަދި އެ ރަށެއްގައި އޮންނަ ދެ ފިކުރުގެ ރައްޔިތުންގެ މެދުގައިވެސް މިކަމުގެ ވާދަވެރިކަން ބޮޑެވެ.

ރިޔާސީ ކެނޑިޑޭޓުން ރަށްރަށް ވަޑައިގަންނަވާއިރު، ރަށުގެ ރައްޔިތުން ބަނދަރުމަތީގައި އެއްވެ އެތުރިގެން ތިބެ އެވެ. ބަނދަރުމަތީގައި ކެނޑިޓޭޓުންނާއި ސަލާމް ކުރުމަކީ ސަގާފަތެއްގެ ގޮތުގައި ކޮންމެ ރަށަކުންވެސް ކުރަމުން އަންނަ ކަމެކެވެ. ސަލާމްކުރުމުގެ އިތުރަށް ކެނޑިޓޭޓުންނަށް މަރުހަބާ ކިޔުމަށް މާފަތި އެޅުވުމާއި ކުރުނބާފަދަ ފިނި ބުއިމެއް އެރުވުމަކީވެސް ކުރަމުން އަންނަ ކަމެވެ. ސަގާފީ ކުޅިވަރެއް ދައްކާލުމަކީވެސް ކުރާ ކަމެކެވެ.

ކެމްޕެއިން ދަތުރުތަކުން ތަފާތު އެކި ކަންކަން ފާހަގަ ކުރެވުމުންދާއިރު، ޕީޕީއެމްގެ ކެމްޕެއިނުތަކުން އެންމެ ފާހަގަ ކުރެވޭނީ އެމީހުންގެ ފިޔާތޮށި ބުރުގާ އެވެ. މި ފިޔާތޮށި ބުރުގާއި ހުންނަނީ ޕީޕީއެމްގެ ލޯގޯއާއި އެ ޕާޓީން ކެމްޕެއިނަށް ބޭނުންކުރާ ޝިއާރު "ރައީސް ޔާމީން 2018" ގެ ލޯގޯވެސް ޖަހާފަ އެވެ.

މި ބުރުގާ އެންމެ ބޮޑަށް ފާހަގަ ކުރެވުނީ ދާދިފަހުން ރައީސް ޅ. އޮޅުވެލިފުއްޓަށް ވަޑައިގެންނެވި ދުވަހު އެވެ. އެ ދުވަހު ރައީސްއަށް މަރުހަބާ ކިޔުމަށް ބަނދަރުމަތީ ގިނަ އަންހެނުން ތިބީ މި ސްޓައިލުގެ ބުރުގާ އަޅައިގެންނެވެ. މި ސްޓައިލުގެ ބުރުގާގެ އިތުރުން ޕްލޭން ފިޔާތޮށި ބުރުގާ ވެސް ވަރަށް ގިނަ އަންހެނުން ޕީޕީއެމްގެ ކެމްޕެއިނުތަކުގައި އަޅާ އުޅެ އެވެ.

އިދިކޮޅު އިއްތިހާދުގެ ކެމްޕެއިނުތަކުގައި މަރުހަބާ ކިޔުމަށް ކެނޑިޑޭޓްގެ ބޮލުގައި އަޅުވާ މާފައްޗަކީ ވެސް ޝައުގުވެރިކަން ދަމައިގަންނަވަރުގެ ކަމެކެވެ. ކޮންމެ ރަށަކުން ތިރީހަކަށް މާފަތި އަޅުވަ އެވެ.

މާފަތި ހެދުމަށް އާންމުކޮށް ބޭނުންކޮށްފައި ހުންނަނީ އެމްޑީޕީގެ ޒަމްރެއްގެ ގޮތުގައި 2008 ވަނަ އަހަރުގެ ރިޔާސީ ކެމްޕެއިނުގައި އެމީހުން ބޭނުންކުރި ގުލްޗަންޕާ މަލެވެ. އިތުރު ވައްތަރުތަކުގެ މަލުންނާއި އަދި ކަރުދާހުން ހަދާފައި ހުންނަ މާފަތިވެސް އަޅުވަ އެވެ. މާފަތީގެ އިތުރުން މާ ބޮނޑިވެސްދެ އެވެ.