ހަބަރު

ނިހާން އިލްޔާސްއަށް: ތިއީ ދެފަހަރު ދެގޮތަށް ވާހަކަ ދައްކާ ޝޭހެއް

މަޝްހޫރު އިލްމުވެރިޔާ ޝޭހް އިލްޔާސް ހުސެއިން އައްޑޫ ސިޓީގައި ރޭ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ދެއްކެވި ވާހަކަތަކަށް ޕީޕީއެމްގެ ޕީޖީ ގްރޫޕް ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެއިން މަނިކު ރައްދު ދެއްވައިފި އެވެ.

އިލްޔާސްގެ ވާހަކަތަކަށް އަމާޒު ކުރައްވާ ނިހާންގެ ފޭސްބުކް އޭނާ ލިޔުއްވީ އިލްޔާސްއަކީ ފާޅުކަން ބޮޑު ގޮތެއްގައި ދެ ފަހަރު ދެގޮތަކަށް ވާހަކަ ދައްކާ މީހެއް ކަން ސާބިތުވާ ކަމަށެވެ. އިއްޔެ ކުރީގެ ރައީސް މުހައްމަދު ނަޝީދުއާ ގުޅޭ ގޮތުން އިލްޔާސް ދެއްކެވި ވާހަކަތައް އަދިވެސް ހޫނުކޮށް ހުއްޓާ މިއަދު އެ ދައްކަނީ މުޅިން އެހެން ވާހަކައެއް ކަމަށް ނިހާން ވިދާޅުވި އެވެ.

އެގޮތަށް ވިދާޅުވުމަށް ފަހު ނިހާން ވަނީ ނަޝީދު ކުރިން ދަައްކަވާފައި ހުރި ބައެއް ވާހަކަތަކާއި އެއަށް އިލްޔާސް ދެއްވި ބައެއް ރައްދުތައް ހިމަނައިގެން ހަދާފައިވާ ވީޑިއޯއެއް ވެސް ޝެއާކޮށްފަ އެވެ. އެ ވީޑިއޯގައި ނަޝީދަށް ތާއީދުކޮށް އިބޫ ދައްކާފައި ހުރި
ވާހަކަތައް ވެސް ދައްކަ އެވެ.

އިލްޔާސް ރޭ ވިދާޅުވީ އިދިކޮޅު ޕޯޑިއަމްއެއްގައި އޭނާ ވާހަކަދައްކަން ޖެހުނީ އަދުލްއިންސާފުން ބޭރުން އެތަށް ކަމެއް ހިނގާއިރު، ދީނޭ ކިޔައިގެން ވާހަކަތަކެއް ދައްކަވަމުން ގެންދާތީ ކަމަށެވެ. އިލްޔާސް ވަނީ އަނިޔާވެރިވާ ވެރިމީހަކާ ދެކޮޅަށް އަޑު އުފުލޭނެ ކަމަށާއި ބިރު ފަހަނައަޅައި ނިކުމެ ހައްގު ބަސް ބުނަން ޖެހޭ ކަމަށް ގޮވާލައިފަ އެވެ.