overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

މަޖިލީހުގައި އަޅުވާފައި ހުރި ތަޅުތައް ނައްޓުވާލާނަން: އިބޫ

އިދިކޮޅު ސަރުކާރެއް ހޮވުނުހާ އަވަހަކަށް މަަޖިލީހުގައި އަޅުވާފައި ހުރި "ތަޅު"ތައް ނައްޓުވާލާނެ ކަމަށް އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.

ގދ. އަތޮޅަށް ކުރައްވާ ދަތުރުގެ ތެރޭގައި ނިލަންދޫއަށް ވަޑައިގެން ވާހަކަދައްކަވަމުން އިބޫ ވިދާޅުވީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގައި 90،000 އެއްހާ ރައްޔިތުން އެ ތަމްސީލެއް ނުވާ ކަމަށާއި ނުހައްގު ހުކުމްތަކެއް ކުރުވައިގެން 16 މެންބަރެއް މަޖިލީހަށް ވަނަ ނުދީ ހިފަހައްޓާފައިވާ ކަމަށެވެ. އަދި މެންބަރުކަން ގެއްލިއްޖެ ނަމަ އަމަލު ކުރަން ޖެހޭ ގޮތާ ހިލާފަށް، މުއްދަތުގެ ތެރޭގައި އިންތިހާބުވެސް ބާއްވާފައި ނުވާ ކަމަށާއި މަޖިލީސް އޮތީ ބާރު ކަނޑުވާލާފައި ކަމަށް އިބޫ ވިދާޅުވި އެވެ.

މި ސަރުކާރުން ވަނީ ހުރިހާ ބާރެއް އެއްކުރައްވާފައި ކަމަށާއި އެގޮތުން ރައްޔިތުންގެ މަޖިލީހާއި މިނިވަން މުއައްސަސާތަކުގެ ބާރު ކަނޑުވާލާފައިވާ ކަމަށެވެ. އަދި ޝަރުއީ ދާއިރާއަށް ވަރަށް ބޮޑަށް ނުފޫޒު ފޯރުވާފައިވާ ކަމަށާއި އޭގެ ނަތީޖައަކަށް މުޅި ގައުމު ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިފައިވަކަމަށް އިބޫ ވިދާޅުވި އެވެ.

އެހެންކަމުން އިދިކޮޅު އިއްތިހާދެއް އިންތިހާބުވުމާއެކު ރައްޔިތުންގެ މަޖިލީހުގައި މިހާރު އަޅުވާފައި ހުރި ތަޅުތައް ނައްޓާލާނެ ކަމަށާއި ރައްޔިތުންގެ ބަސް ބުނެވޭ މަޖިލީހަކަށް ބަދަލު ކުރައްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

"އިރާދަކުރެއްވީއާ 23 ސެޕްޓެމްބަރުގައި ބާއްވާ އިންތިހާބު ކާމިޔާބު ކުރުމަށް ފަހުގައި މަޖިލީހުގައި އަޅުވާފައި ހުރި ތަޅު އަޅުގަނޑުމެން ހުޅުވަނަން، ފުރިހަމައަށް ރައްޔިތުން ތަމްސީލް ކުރެއްވޭ ރައްޔިތުންގެ ބަސް ބުނެވޭ މަޖިލީހަކަށް ރައްޔިތުންގެ މަޖިލީހަކަށް ބަދަލު ކުރާނަން،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ ރާއްޖޭގެ ތަރައްގީއަށްޓަކައި މިއަދު ކުރަން ޖެހިފައި އޮތް އެންމެ މުހިންމު ކަމަކީ އިންސާފު ގާއިމް ކުރުން ކަމަށެވެ. ކޯޓުތަކުގައި އެތަށް ސަތޭކަ މައްސަލައެއް އިންސަފު ނުލިބިފައި އެބަހުރި ކަމަށާއި އެއާ ހެދި ގިނަ ވިޔަފާރިވެރިން ބަނގުރޫޓުވެފައިވާ ކަމަށެވެ. އަދި ސަރުކާރުން ތިން ބާރު އެއްކޮށްލާފައިވާ ކަމަށާއި މަޖިލީހުގެ އިތުރުން މިނިވަން މުއައްސަސާތައް ވެސް ބާރުކަނޑުވާލާފައިވާ ކަމަށް އިބޫ ވިދާޅުވި އެވެ.