overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ރިޕޯޓް

ޝައިނީ ވިދާޅުވަނީ ޔާމީންއަށް 85 ޕަސެންޓް، ނަޝީދު ވިދާޅުވަނީ އިބޫއަށް 77 ޕަސެންޓް

ރިޔާސީ އިންތިހާބު މިވަނީ ބޯމަތިވެފަ އެވެ. އިންތިހާބަށް އެންމެ 20 ދުވަސް ބާކީ އޮތް އިރު، ކެމްޕޭންތައް ދަނީ އިތުރަށް ފޯރި ގަދަވަމުން އެވެ. މިފަހަރުގެ އިންތިހާބުގައި ވާދަ ކުރައްވަނީ އެންމެ ދެ ބޭފުޅުންނެވެ. އެއީ އިދިކޮޅު ކޯލިޝަންގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމެވެ. މިދެ ނަމުން ކުރެ ނަމެއް އިހުތިޔާރު ކުރަން ރައްޔިތުން ތިބީ ކެތްމަދުވެފަ އެވެ. ކެމްޕެއިންތައް ރަސްމީކޮށް ފަށައިގެން ކުރިއަށް ދާއިރު، އިދިކޮޅު ކޯލިޝަނުންނާއި ޕީޕީއެމުން އެބަޔަކަށް ފެންނަ ހިސާބެއް ޖަހައި އިންތިހާބު ކާމިޔާބު ވާނެ ކަމަށް ނުހަނު ބާރަށް ދަނީ ބުނަމުން އެވެ.

ކެމްޕެއިންތައް އެންމެ ފުރަތަމަ ފެށިގެން ދިޔައީ ޑޯޓުޑޯ އިންނެވެ. އަދި މިއީ ކެމްޕޭނެއްގެ އެންމެ މުހިންމު ހަރަކާތެވެ. މާލޭ އާއި މުޅި ރާއްޖޭގައި ދެ ކެނޑިޑޭޓުންގެ ސަޕޯޓަރުން ވަނީ ވަރަށް ފުޅާކޮށް ޑޯޓްޑޯ ކެމްޕެއިން ޖައްސާފަ އެވެ. އަދި މިހާރުވެސް ދަނީ އެކަން ކުރަމުންނެވެ. މާލެ އާއި އަތޮޅުތަކުގެ ބޮޑު ބައެއްގައި އިދިކޮޅު ކޯލިޝަންގެ ޓީމްތަކާއި ރައީސް ޔާމީންގެ ކެމްޕޭން ޓީމުން ޑޯޓްޑޯ ޖެއްސުމަށް ފަހު މި ވަނީ ހިސާބެއް ނެރެފަ އެވެ.

އިދިކޮޅު ކޯލިޝަނުން ހިންގި ޑޯޓްޑޯގެ ހިސާބު ޖައްސަވައި ކުރީގެ ރައީސް ނަޝީދު ރޭ ކުރެއްވި ޓްވީޓެއްގައި ވަނީ، އެމްޑީޕީގެ މާލޭގެ ދޮރުން ދޮރަށް ހިނގުމުން ލިބުނު ފުރަތަމަ ނަތީޖާ ސާފުވެއްޖެ ކަމަށާއި މާލޭގެ 77 ޕަސެންޓް ރައްޔިތުން އިބޫ އަށް ވޯޓްދޭނެ ކަމަށް ވައުދުވެފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ. ލަންކާގައި އަމިއްލައަށް އަރުވާލައިގެން ނަޝީދު ހުންނަވާއިރު، ރިޔާސީ ކެމްޕޭންގެ އެކި ހަރަކާތްތައް އެ ގައުމުގެ ނަޝީދު ގެންދަވަނީ ހިންގަވަމުން އެވެ.

ރައީސް ނަޝީދުގެ އެ ޓްވީޓާއެކު ރައީސް ޔާމީނަށް ސަޕޯޓް ކުރައްވާ ފަރާތްތަކުން ތިބީ އެކަމަށް ދޫދީ އެކަން ދޫކޮށްލާ ގޮތަކަށް ނޫނެވެ. ނަޝީދުގެ ޓްވީޓަށް ރައްދު ދެއްވުމަށް އަވަސްވެ ގަތީ ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ އެވެ. ނަޝީދުގެ ހިސާބު އެމަނިކުފާނު ދޮގު ކުރައްވާ އާ ހިސާބެއް ޖައްސަވަ އެވެ.

ޝައިނީ ނަޝީދުގެ ޓްވީޓަށް ރިޕްލައި ކުރައްވާ ވިދާޅުވީ، ޕީޕީއެމުން ހިންގި ޑޯޓްޑޯގެ ނަތީޖާ ދައްކާ ގޮތުން މާލޭގެ 85 ޕަސެންޓަށް ވުރެ ގިނަ ރައްޔިތުން ތިބީ ރައީސް ޔާމީނަށް ވޯޓް ދޭން ތައްޔާރަށް ކަމަށެވެ. އަދި ނަޝީދުގެ ހިސާބު ޖެހުމަށް ޝައިނީ ސިފަކުރެއްވީ، ޖޯކެއްގެ ގޮތުގަ އެވެ.

އިދިކޮޅާއި ސަރުކާރުން އަބަދުވެސް ދަނީ އެބައެއްގެ ކެނޑިޑޭޓް މޮޅުވާނެ ކަމަށް ހިސާބު ހަދައި ރައްޔިތުންނަށް ތިލަ ކުރަމުންނެވެ. ޑޯޓްޑޯގެ ނަތީޖާއިންވެސް ފެނިގެން މިދިޔައީ ދެބައި މީހުންވެސް ތިބީ އެއްބަޔަކު އަނެއް ބަޔަކަށް ދޫދޭ ގޮތަށް ނޫން ކަމެވެ. ދެން އޮތީ މިމަހުގެ 23 ވަނަ ދުވަހު ބާއްވާ އިންތިހާބުން ނިކުންނާނެ ނަތީޖާއަކަށް ރައްޔިތުން ބެލުމެވެ. ހަގީގީ ހިސާބު ޖެހީ ކޮންބައެއްކަން އެދުވަހުން ސާފުވާނެ އެވެ.