ދަނގެތި

ދަނގެތީ ބަނދަރާއި ފެންވިއުގަ އިފުތިތާހު ކޮށްދެއްވައިފި

Sep 3, 2018
2

ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރި ސާފު ފެނުގެ ޚިދުމަތް ފޯރުކޮށްދޭން އދ. ދަނގެތީގައި ގާއިމު ކުރި ފެންވިއުގަ އާއި އެ ރަށުގެ އާ ބަނދަރު ރައީސުލްޖުމްހޫރިއްުޔާ އަބްދުﷲ ޔާމީން މިއަދު އިފްތިތާހުކޮށްދެއްވައިފި އެވެ.

މި ދެ މަޝްރޫއު ރައީސް އިފްތިތާހުކޮށް ދެއްވީ މިއަދު ހެނދުނު ދަނގެއްޗަށް ވަޑައިގެންނެވެ.

ދަނގެތީ ބަނދަރަކީ ސަރުކާރުން 51.7 މިލިއަން ރުފިޔާ ހަރަދުކުރި ޕްރޮޖެކްޓެކެވެ. ގާތްގަނޑަކަށް 700 ފޫޓު ދިގު 300 ފޫޓު ފުޅާ މި ބަނދަރުގެ މަސައްކަތް ކޮށްފައިވަނީ އެމްޓީސީސީ އިންނެވެ. މި މަޝްރޫއުގެ ދަށުން 1070 ފޫޓުގެ ސަރަހައްދެއްގައި ޕޭވްމެންޓު ގާއިމްކޮށް ބަނދަރުގައި ލައިޓު ހަރުކޮށްފައި ވެއެވެ.

ދަނގެތީގައި ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާޖީން އެ ޕްރޮޖެކްޓް ލަކީ އެކްސްޕޯޓް އާއި ހާވާލު ކޮށްގެންނެވެ. މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ ފެބްރުއަރީ 1، 2016 ގައެވެ. މި މަޝްރޫއަކީ ދިވެހި ސަރުކާރުގެ އެހީގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ.

މި މަޝްރޫޢުގެ އަގަކީ 25,849,902.96 ރ. ފިޔާއެވެ.

މި މަޝްރޫޢުގެ ދަށުން ހަތް ކިލޯމީޓަރ ދިގު މިނުގެ ފެންވިއުގައެއް ދަނގެތީގައި ވަނީ ގައިމުކޮށްފަ އެވެ. އަދި 60 ޓަނުގެ ދެ ޑީސެލިނޭޝަން ޕްލާންޓު ބަހައްޓާފައި ވެއެވެ. ފެން ރައްކާކުރުމަށް 165 ޓަނުގެ ތާނގީއަކާއި 78 ކިއުބިކް މީޓަރު ޓަނުގެ ތާނގީއެއް މި މަޝްރޫޢުގެ ދަށުން ބެހެއްޓިފައިވެ އެވެ. ދަނގެތީގައި ޒަމާނީ ފެންވަރަށް ފެނުގެ ޚިދުމަތް ގާއިމުވެ 180 ގޭބިސީއަކަށް ފެނުގެ ޚިދުމަތް ވާނީ ގުޅައިދެވިފަ އެވެ.