ހަބަރު

ނޫޅޭ ޓީޗަރެއްގެ މުސާރަ ނެގި ވެރިޔަކަށް ދައުވާ ކުރަނީ

Jun 7, 2015
2

މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ލ. ގަމު ތުނޑީ އަވަށު ޕްރީ ސްކޫގައި ނޫޅޭ ޓީޗަރެއްގެ މުސާރަ، ނެގި، އެ ސްކޫލްގެ ވެރިއެއްގެ މައްޗަށް ދައުވާކޮށްދޭން އެދި އޭސީސން ޕީޖީއަށް ފޮނުވައިފި އެވެ.

މި މައްސަލައަކީ ޕްރީސްކޫލު ހިންގުމާ ހަވާލުވެގެން ހުންނެވި ލ. ގަމު ތުނޑި ފޮތިވެލި، އަހުމަދު ފަހީމު އެރަށު  މަަކަރާއި ހީލަތް ހެދި މައްސަލައެކެވެ. އޭސީސީން ބުނީ މި މައްސަލަ ބެލި އިރު ޕްރީސްކޫލަށް ދޭ ފައިސާގެ އެހީން ކޮންމެ ޓީޗަރަކަށް 7520ރ. ދެމުން އައި ކަމަށާއި އެގޮތުން ޓީޗަރަކު ވިހެއުމުގެ ޗުއްޓީއަށްފަހު ސްކޫލަށް ހާޒިރުވެފައި ނުވާއިރު 2012 އިގެ ޖޫން މަހުން ފެށިގެން އެ އަހަރުގެ ޑިސެމްބަރު މަހާ ހަމައަށް އެ ސްކޫލުން ގަމު ކައުންސިލަށް ފޮނުވާފައިވާ މުސާރަ ޝީޓުގައި އޭނާގެ ނަން ހިމަނައި މަހެއްގެ މައްޗަށް 7520ރ. ގެ ރޭޓުން 52،640ރ. ނަގާފައިވާ ކަމަށެވެ.

އޭސީސީން ބުނީ ފަހުމީ ތަހުގީގަށް ވެސް އެއްބާރުލުން ދީފައިނުވާ ކަމަށާއި އެކަމަކީ އޭނާ މަގާމުގެ ނުފޫޒު ބޭނުންކޮށް މަކަރާއި ހީލަތުން ނާޖާއިޒު ފައިސާއެއް ހޯދުމަށް ކޮށްފައިވާ ކަމެއް ކަމަށްވާތީ ދައުވާކޮށްދޭން އެދުނީ ކަމަށެވެ.