overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

މަހިބަދޫ ބިން ހިއްކައިދޭން ރައީސް ޔާމީން ވައުދުވެވަޑައިގެންފި

އދ. މަހިބަދޫއަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކޮށްދެއްވުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވައުދުވެވަޑައިގެންފި އެވެ.

މަހިބަދޫ މަގުހެދުމުގެ މަޝްރޫއުގެ ނިމުން ފާހަގަ ކުރުމުގެ ރަސްމިއްޔާތުގައި އދ. އަތޮޅުގައި ރައީސް ޔާމީން ހިންގެވި ތަރައްގީގެ ގިނަ މަޝްރޫއުތަކަށް އަލިއަޅުވާލުމަށް ފަހު ދާއިރާ ތަމްސީލް ކުރައްވާ ރައްޔިތުން މަޖިލީހުގެ މެންބަރު އަހުމަދު ތޯރިގު (ޓޮމް) ވިދާޅުވީ ރަށުގެ ބިމުގެ ދަތިކަން ރައްޔިތުން ތަހަންމަލު ކުރަމުން އަންނަ ކަމަށާއި އެތަށް އަހަރުތަކެއް ނިމުނު އިރުވެސް ހައްލު ނުވެ އޮތް އެ މައްސަލަ ރައީސް ޔާމީން ހައްލުކޮށްދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ތޯރިގުގެ އެ ވާހަކަތަކަށް އިޝާރަތް ކުރައްވާ އެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރަށުގެ ބޮޑު މިނަކީ ގާތްގަނޑަކަށް 20 އަކަށް ހެކްޓަރު ކަމަށާއި މިހާރު އޮތް ބިމުގެ 10 ވަރަކަށް ޕަސަންޓު އިތުރު ކުރުމުގެ ފުރުސަތު އަދިވެސް އެބައޮތް ކަމަށެވެ. ރަށް މިހާރު ފުރިފައި އޮތް ނަމަވެސް އިރާދަކުރެއްވީއާ ރައީސް ޔާމީންއަށް ދެވަނަ ދައުރެއް ލިބިވަޑައިގެންފި ނަމަ މަހިބަދޫގައި ހިއްކާނެ ބިމުން ގޯތި ހޯދަން ސިޓީ ހުށަހެޅުމަށް އެދޭ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"މި ރަށުގައި ބިން މިއޮތީ ފުރިފައި ޝައްކެއް ވެސް ނެތް، މި ރަށުގައި ގޯތި ނުދޭތީ 30 ހަކަށް އަހަރު ވެއްޖެއެއް ނޫންތޯ، އަޅުގަނޑަށް ސަރުކާރެއް ހިންގުމުގެ ހެޔޮ ތައުފީގު ﷲ މިންވަރުކުރައްވައިފި ނަމަ ސަރުކާރުގެ ދެވަނަ އަހަރު ގޯއްޗައް ސިޓީ ލައްވާ މި ރަށުގައި ބިން އުފެދޭނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.