ހަބަރު

އާގިލް މަރާލި މައްސަލާގައި މީހަކު ހޯދަނީ

Sep 3, 2018
2

މިދިޔަ ހުކުރު ދުވަހުގެ ރޭ އެމްއެމްއޭ ކައިރިން ހަމަލާދީ ޒުވާނަކު މަރާލި މައްސަލާގައި މީހަކު ހޯދުމަށް ފުލުހުން އާންމުންގެ އެހީއަށް އެދިއްޖެ އެވެ.

ރަހުމް ކުޑަ ގޮތަކަށް ކަރަށް ވަޅި ހަރައި މަރާލާފައިވަނީ ގދ. ފަރެސްމާތޮޑާއަށް އުފަން އުމުރުން 18 އަހަރުގެ އިބްރާހިމް އާގިލެވެ. އެކަމާ ގުޅިގެން ފުލުހުން މިއަދު ވަނީ ލ. ފޮނަދޫ، ހިޔާ، އުމުރުން 18 އަހަރުގެ ހަމްދޫން ހަމްޒަތު ނަމަކަށް ކިޔާ ޒުވާނަކު ހޯދަމުންދާ ކަމަށާއި އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ ހިއްސާ ކުރުމަށް އެދޭ ކަމަށް . ބުނެފަ އެވެ.

އާގިލް މަރާލި މައްސަލަ ސީރިޔަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރާނެ ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފަ އެވެ. ނަމަވެސް މިއަދާ ހަމަޔަށް ވެސް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.