ހަބަރު

އެމްއެންޑީއެފްގެ "ގިނިފެސްޓް 2015"  މާދަމާ ހަވީރު

Jun 7, 2015

އެމްއެންޑީއެފްގެ ފަޔާ ޑާންސް އާއި ވޯޓާ ޑިސްޕްލޭއެއް މާދަމާ ބާއްވާން ނިންމައިފި އެވެ.

އެމްއެންޑީއެފުން ބުނީ ފަޔާ އެންޑް ރެސްކިއު ސަރވިސް އިން "ގިނިފެސްޓް 2015" ގެ ނަމުގައި މާދަމާ ހަވީރު އާޓިފިޝަލް ބީޗްުގައި ފަށާ ހަވީރުގައި އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމުގެ ގޮތުން އާންމުން ހޭލުންތެރިކުރަން މައުލޫމާތުދިނުމާއި، ކުޑަކުދިންނަށް އަމާޒުކޮށްގެން ކުޅިވަރުގެ ޙަރަކާތްތަކެއް ވެސް ކުރިއަށްގެންދާއިރު ރޭގަނޑު ގަޑީގައި އެކްސް ޑްރިލްއަކާއި ފަޔާ ޑާންސް އަދި ވޯޓާ ޑިސްޕްލޭއެއް ދައްކާލާނެ ކަމަށެވެ. މި ވޯޓާ ޑިސްޕްލޭއަކީ ރާއްޖޭގައި މުޅިން އަލަށް ތައާރަފް ކުރެވޭ ހަރަކާތެއް ކަމަށް ވެސް ބުންޏެވެ.

އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސަރވިސްއިން މާދަމާ ބާއްވާ މި ހަވީރަކީ ފަޔާ އެންޑް ރެސްކިއު ސާވިސްގެ ޚިދުމަތަށް 25 އަހަރު ފުރުން ފާހަގަ ކުރަން ބާއްވާ ހަވީރެކެވެ.