overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

ދޮންކޭލެއް ބޭނުމެއް ނުވޭ، އެއޮތީ ޓެބްލެޓް ދީފައި: ރައީސް

މަދަރުސާއަށްދާ ކޮންމެ ކުއްޖަކަށް ދޮންކެޔޮ ވަކެއްް ބޭނުމެއް ނުވާ ކަަމަށާއި މި ސަރުކަރުން ކޮންމެ ކުއްޖަކަށް ޓެބްލެޓެއް ދީފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ މަދަރުސާއަށްދާ ކޮންމެ ކުއްޖަކަށް ނާސްތާ ހަމަޖައްސައިދޭނެ ކަމަށް ބުނެ އިދިކޮޅު އިއްތިހާދުގެ ފަރާތުން ވެފައިވާ ވައުދަށް ފާޑުވިދާޅުވަމުންނެވެ.

ދ. ކުޑަހުވަދޫ ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން މިއަދު ވިދާޅުވީ މީގެ ކުރިން މަދަރުސާގެ ކޮންމެ ކުއްޖަކަށް ދޮންކެޔޮވަކެއް ދޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވައުދުވެ ވަޑައިގެންނެވި ކަމަށާއި މިއަދު އަނެއްކާވެސް އެފަދަ ވައުދު ތަކުރާރުވަމުން އަންނަ ކަމަށެވެ. ނަމަވެސް ބަރުފޮތްތައް ހިފައިގެން ކުދިންނަށްވާ ތަކުލީފު ނިމުމަކަށް ގެނައުމަށް މި ސަރުކާރުން ކޮންމެ ކުއްޖަކަށް ޓެބްލެޓެއް ދީފައިވާ ކަމަށާއި ތަރައްގީއަކީ އެއީ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"މިހާރު ވަނީ މަދަރުސާއަށްދާ ކޮންމެ ކުއްޖަކަށް ކުކުޅުބިހެއް ދޭނަމޭ، ދެން މީތޯ އަޅުގަނޑުމެންގެ ވިސްނުން ހުންނަންވީ ހިސާބަކީ، އަޅުގަނޑުމެންގެ ވިސްނުން ހުންނަންވީ މަދަރުސާއަށް ދާ ކޮންމެ ކުއްޖަކަށް ދޮންކެޔޮވަކެއް ދޭންތޯ ކުކުޅު ބިހެއް ދޭންތޯ، ބަލަ އަޅުގަނޑު މިއޮތީ މަދަރުސާއަށްދާ ކޮންމެ ކުއްޖެއް އަތަށް ޓެބްލެޓެއް ލައިދީފައި،" ރައީސް ޔަމީން ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މަދަރުސާގެ ކަރިކިއުލަމްގެ ތެރޭގައި ޓެބްލެޓް ތާރަފްކޮށްފައި ކުރި ފުރަތަމަ ގައުމަކީ ރާއްޖެ ކަމަށާއި ދެން ބަދަލުވާ ސިލަބަސްގެ ތެރޭގައި ޓެކްސްޓް ފޮތްތައް ގަންނަން ސަރުކާރުން އެއްވެސް ފައިސާއެއް ހަރަދު ކުރާކަށް ނުޖެހޭނެ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީ އިން މަދަރުސާތަކުގެ ކުދިންނަށް ޓެބްލެޓް ބަހަން ފަށާފައި ވަނީ މިދިޔަ ޖޫން މަހުގެ ތެރޭގަ އެވެ. އަދި ޖުލައި މަހު ހުރިހާ މަދަރުސާތަކަށް ޓެބްލެޓު ބަހައި ނިންމާ، ދަރިވަރުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ވަނީ ފަށައިފަ އެވެ.