overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

މާދަމާ އިންތިހާބު ބޭއްވިޔަސް ރައީސްއަށް 80 ޕަސަންޓު ލިބޭނެކަން ޔަގީން: ނިހާން

ރިޔާސީ އިންތިހާބު މާދަމާ ބޭއްވިޔަސް 80 ޕަސަންޓު ވޯޓާއެކު ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ކާމިޔާބު ކުރައްވާނެ ކަން ޔަގީންވެފައިވާ ކަމަށް ޕީޕީއެމް އިން ބުނެފި އެވެ.

ޕީޕީއެމްގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ ޕާޓީގެ ޕަލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވީ އެމްޑީޕީ އާއި އިދިކޮޅު ފަރާތްތައް ވަރަށް ބޮޑަށް ބަލިވެފައިވާ ކަން އއ އާއި އދ އަތޮޅަށް ކުރެއްވި ދަތުރުގައި އެނގިގެން ހިނގައްޖެ ކަމަށާއި ހާއްސަކޮށް މާމިނގިލިން އެ ތާއީދު ފެނިގެން ދިޔަ ކަމަށެވެ. އެގޮތުން ޕީޕީއެމް އިން ކެމްޕެއިން ކުރުމަށް އިދިކޮޅު ފަރާތްތަކުން ބޮޑެތި އުނދަގޫތަކާ ކުރިމަތި ކުރުވި ނަމަވެސް ރައީސް ޔާމީން ގެނެސްދެއްވާފައި ހުރި ތަރައްގީގެ މަޝްރުތަކާ ހެދި ރައްޔިތުން ހިތްހަމަ ޖެހިފައިވާ ކަން އެނގިއްޖެ ކަމަށް ނިހާން ވިދާޅުވި އެވެ. އަދި މާދަމާ އިންތިހާބެއް ބޭއްވިޔަސް 80 ޕަސަންޓުގެ އަގުލަބިއްޔަތަކުން ކާމިޔާބު ކުރައްވާނެ ކަމަށް ނިހާން ވިދާޅުވި އެވެ.

"މި ގެނެސްދެވުނު ތަރައްގީގެ ޔަގީންކަމާއެކުގައި ރައީސް ޔާމީން މިއަދު ރަށްތަކަށް ވަޑައިގަތީމައި އެމަނިކުފާނާ އުފަލާއެކު ބައްދަލު ކުރައްވާ ރައްޔިތުންގެ ނިސްބަތާއި އެމަނިކުފާނަށް މަރުހަބާ ކިޔުމަށް ގެންދަވާ ކުޑަ ތުއްތު ކުދިންގެ މޫނުމަތިން ފެންނަ ހިނިތުންވުމާއި އުފާވެރިކަން އަޅުގަނޑުމެންނަށް ޔަގީންކަން ދެނީ އެ މައިންބަފައިންނާއި އެ މައިންބަފައިން އެދެމުން ދިޔަ ތަރައްގީތައް ރައީސް ޔާމީން ގެނެސްދެއްވައި ނިންމަވައިފިކަން،" ނިހާން ވިދާޅުވި އެވެ. "އެ އުންމީދުގައި ތިބެމެ، މިހާރު އަޅުގަނޑުމެންނަށް ފަސޭހަ ކަމާއެކު ދަންނަވަން ކެރޭ މާދަމާ އިންތިހާބު ބޭއްވިޔަސް 80 ޕަސަންޓުގެ އަގުލަބިއްޔަތަކުން އެމްޑީޕީ ބަލި ކުރާނަންކަން،"

ނިހާން ވިދާޅުވީ ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ވައުދުތަކުގެ ތެރެއިން 90 ޕަސަންޓު ހާސިލްކޮށްދީފައި ކަމަށެވެ. އެގޮތުން ތައުލީމީ ދާއިރާއަށް ބަލާއިރު ވައުދުތައް 100 ޕަސަންޓު ފުރިހަމަ ކުރުމަށް ފަހު އިތުރުކަންކަން ވެސް ކޮށްދީފައިވާ ކަމަށާއި އެގޮތުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި 30 ދާއިރާއިން 2800 އަށް ވުރެ ގިނަ މަޝްރޫއު ހިންގައި 8.8 ބިލިއަން ރުފިޔާ ހަމައެކަނި ތަރައްގީގެ މަޝްރޫއުތަކަށް ހިނގާފާއިވާ ކަމަށް ނިހާން ވިދާޅުވި އެވެ.

"ބަނދަރު ހެދުމާއި ހަސްފަތާލާއި މަގުހެދުމާއި މިހެން ގޮސް ސްކޫލު އިމާރާތްތައް އިތުރު ކުރުމާއިން ބިން ހިއްކުމާއި މަގުތަކުގައި ތާރު އަޅާ ދިނުމާއި މިގޮތަށް ހުރި މަޝްރޫއުތަކުން މިދިޔަ ހަތަރު އަަހަރާއި ނުވަ މަސް ދުވަހުން އަޅުގަނޑުމެން މިވަނީ 88.8 ބިލިއަން ރުފިޔާ މިވަނީ ހަރަދުކޮށްފައި،" ނިހާން ވިދާޅުވި އެވެ.