overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

ފަހު ވަގުތު ވޯޓާސް ލިސްޓު ދީގެން ސޮއި ނުކުރާނަން: އިބޫ

ރިޔާސީ އިންތިހާބުގައި ވޯޓުލާ މީހުންގެ ފައިނަލް ލިސްޓު އާންމު ކުރުން ލަސްވާތީ ކަންބޮޑުވާ ކަމަށާއި ފަހުވަގުތު ވޯޓާސް ލިސްޓު އާންމު ކުރިޔަސް ސޮއިއެއް ނުކުރާނެ ކަމަށް އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.

މާލޭގައި ފުވަމުލަކު ޖަގަހައެއް ހުޅުވައިދެއްވަމަށް ފަހު ވާހަކަދައްކަވަމުން އިބޫ ވިދާޅުވީ ރިޔަސީ އިންތިހާބުގައި އިދިކޮޅު ސަޕޯޓަރުންނަށް ވޯޓުލުމުގެ ފުރުސަތު ހޯދައިދޭން ޖެހޭ ކަމަށާއި ރީ ރަޖިސްޓްރޭޝަން ނިމުމަށް ފަހު މިއަދާ ހަމަޔަށް އައިއިރު އަދިވެސް ސޮއި ކުރަން ޖެހޭ ވޯޓާސް ލިސްޓު ނުލިބޭ ކަމަށެވެ. އެ މައްސަލާގައި މިއަދު ބައްވަން އޮތް ބައްދަލުވުން ވެސް އީސީ އިން ކެންސަލް ކުރެއްވި ކަމަށާއި އެ ކޮމިޝަނުން އަންނަނީ ގަސްތުގައި ލަސްތަކެއް ކުރަމުން ކަމަށް އިބޫ ވިދާޅުވި އެވެ. ފަހު ވަގުތު ސޮއި ކުރަން ބުންޏަސް އެކަމެއް ނުކުރައްވާާނެ ކަމަށާއި އެ ލިސްޓު ސައްހަކަން ކަށަވަރު ކުރުމަށް ވަގުތު ދެއްވަން ޖެހޭ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.

"މިއަދު ވެސް އަޅުގަނޑުމެން އެ ވާހަކަ އިލެކްޝަން ކޮމިޝަނާ ދައްކައިފިން، އެންމެ ފަހު ވަގުތު ދިއްކޮށްލާފައި ވޯޓާސް ލިސްޓުގައި ސޮއި ކުރާށޭ ބުންޏަސް އެއަކު ސޮއި ކުރެވޭކަށް ނޯންނާނެ، އަޅުގަނޑުމެންނަށް އެ ބަލާ ޗެކް ކުރަން ފުރުސަތު ދޭން ޖެހޭ،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ ކިތަންމެ ވަރަކަށް އޮޅުވާލަން އުޅުން ނަމަވެސް ރައްޔިތުން ނިކުމެ ރައީސް އަބްދުﷲ ޔާމީންއަށް ބޯޑުތަނުން ނޫނެކޭ ބުނާނެ ކަމަށާއި އެ މަންޒަރު އަތޮޅުތަކުންނާއި މާލެއިން ވަރަށް ބޮޑަށް ފެނިގެން އަންނަ ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން މިރޭ ވަނީ "މާފޮޅޭ" ޖަގަހައިގެ ނަމުގައި މާފަންނުގައި ވެސް ޖަގަހައެއް ހުޅުވައިފަ އެވެ. އެ ޖަގަހަ ހުޅުވުމަށް ފަހު އިބޫ ވަނީ މާލޭގައި ދިރިއުޅުމުގެ ހާލަތު އޮތް ގޮތާއި އެކަންކަން ހައްލު ކުރުމަށް އިދިކޮޅުން ވިސްނާފައި ހުރި ކަންކަމުގެ މައްޗައް އަލި އަޅުވާލައިފަ އެވެ. އެގޮތުން އިދިކޮޅުގެ ވެރިކަމެއްގައި ދަތި ހާލުގައި އެއްވެސް ބޯހިޔާވެހިކަމެއް ނެތް ރައްޔިތުންނަށް އާމްދަނީއެއް ލިބެންދެއް ސަރުކާރުން ހިލޭ ބޯހިޔާވެހިކަން ފޯރުކޮށްދޭނެ ކަމަށް އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ އިންސާފު ނެތިގެން އުޅެނީ ޝަރުއީ ދާއިރާގައި އެކަންޏެއް ނޫން ކަމަށެވެ. ވަޒީފާގައި ކުރިއެރުން ދިނުމާއި ސަރުކާރުން ދޭ ބައެއް ހިދުމަތްތައް ދިނުމުގައި ވެސް ވަކި ކުލައަކަށް ވަކި ފިކުރުތަކަށް ތާއީދު ކުރާ ފަރާތްތަކަށް މި ސަރުކާރުން އިސްކަން ދެމުން އަންނަ ކަމަށް އިބޫ ވިދާޅުވި އެވެ. ނަމަވެސް އިދިކޮޅު ސަރުކަރެއްގައި އެކަން ބަދަލުކޮށް، ތާއީދު ނުކުރިޔަސް އިންސާފު ހޯދައިދެއްވާނެ ކަމަށް އިބޫ ވައުދުވި އެވެ.