ހަބަރު

މާފަންނު ގެއެއްގައި ހަށިވިއްކަން ތިބި ބަޔަކު ހައްޔަރުކޮށްފި

Jun 7, 2015
1

މާފަންނު ގެއެއްގެ ތެރޭގައި ހަށިވިއްކަމުން ދިޔަ ބަޔަކު ފުލުހުން މިރޭ ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ ހަށިވިއްކަމުން ދިޔަ މީހުން ހައްޔަރު ކުރީ މ. ވުޑްޕެކާގެ ފުރަތަމަ ފަންގިފިލާ އިން ކަމަށެވެ. އަދި އެތަނަކީ ކޮޓަރި ކުއްޔަށް ދޭ ތަނެއް ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި ފުލުހުން އެތަނަށް ވަތް އިރު އެ މީހުން ތިބީ އެ އަމަލު ހިންގަން ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. އެ މައްސަލައިގައި ހަތް މީހަކު ހައްޔަރު ކުރި ކަމަށް ފުލުހުން ބުންޏެވެ. އަދި އެ މީހުން ހައްޔަރު ކުުރުމަށް ފަހު އެ މައްސަލައިގެ ތަހުގީގު މިހާރު ވަނީ ފަށައިފަ އެވެ.

މިފަހަކަށް އައިސް މާލޭގައި ހަށިވިއްކުން ވަނީ މަދުވެފަ އެވެ. ނަމަވެސް މީގެ އަހަރުތަކެއް ކުރިން އެކަން އާންމު ކަމަކަށް ވެފައި އޮތެވެ. އެ ވިޔަފާރީގައި އެންމެ ގިނައިން ހަރަކާތްތެރި ވަނީ ތައިލެންޑް އަދި ފިލިޕީންސް ފަދަ ގައުމުތަކުން މަސައްކަތް ކުރަން ރާއްޖެ ގެނެސްފައި ތިބޭ އަންހެނުންނެވެ.