ހަބަރު

މިދިއަ އަހަރުގެ މުދަލު ޒަކާތް ބަހަން ފަށައިފި

Sep 5, 2018

މިދިއަ 2017 ވަނަ އަހަރުގެ މުދަލު ޒަކާތް ބަހަން ފަށައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މާދަމާގެ ނިޔަލަށް ޒަކާތް ބަހާއިރު، ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 3:00 އެ މަސައްްކަތް ކުރިޔަށްދާނެ ކަމަށެވެ. މާލެ ސިޓީގައި ޒަކާތް ބެހުމުގެ ކަންކަން ކުރިއަށްދަނީ އިސްލާމީ މަރުކަޒުގެ ހޯލްގަ އެވެ.

މިއަހަރުގެ މުދަލު ޒަކާތް ބެހުމަށް ހަމަޖެހިފައިވަނީ ބޮލަކަށް 1000 ދިވެހި ރުފިޔާގެ މަގުންނެވެ.

އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީ އާއި ގދ. ތިނަދޫ ފިޔަވައި އަތޮޅުތަކުގެ ހުރިހާ ރަށަކަށް ޒަކާތު ފައިސާ ފޮނުއްވާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

މާލެ ސިޓީގައި 3302 ފަޤީރުންނަށް 2017 ވަނަ އަހަރުގެ މުދަލު ޒަކާތް ބެހުމަށް ހަމަޖެހިފައިވާއިރު، އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީ، އަދި ގދ. ތިނަދޫ ފިޔަވައި އަތޮޅުތެރޭގައި ޖުމްލަ 9992 ފަޤީރުންނަށް މިފަހަރުގެ ޒަކާތް ބެހުމަށް ވަނީ ހަމަޖެހިފައެވެ.