overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

ރަނގަޅު ގޮތުގައި ހަރަދުކުރާނަމަ، އަސާސީ ހިދުމަތްތައް ނުދެވޭ ރަށެއް ނޯންނާނެ: އިބޫ

ދައުލަތަށް ލިބޭ އާމްދަނީ ރަނގަޅު ގޮތުގައި ހޭދަ ކުރާނަމަ، އަސާސީ ޙިދުމަތް ނުލިބޭ އެއްވެސް ރަށެއް ނޯންނާނެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.

ކެމްޕެއިނަށް ހއ. ގެ ރަށްތަކަށް ކުރައްވާ ދަތުުރުފުޅުގައި ތުރާކުނަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ އިބޫ ވިދާޅުވީ، ފައިސާ ރަނގަޅަށް ހޭދަ ކުރާނަމަ އަސާސީ ހިދުމަތް ނުލިބޭ ރަށެއް ނޯންނާނެ ކަމަށާއި، މައްސަަލަ އަކީ ސަރުކާރުގެ ބޭކާރު ޙަރަދުތައް ގިނަވުން ކަމަށެވެ.

އެގޮތުން އެންމެ ކުޑަކޮށްވެސް ނަރުދަމާއެއް ގާއިމް ކުރުމަށް މި ސަރުކާރުން 3 މިލިއަން ޑޮލަރު ހަރަދު ކުރާ ކަމަށާއި، ރިޔާސީ އިންތިހާބު ކާމިޔާބުވެއްޖެ ނަމަ، އެ ލިބިވަޑައިގަންނަވާ ފަސް އަހަރުދުވަހުގެ ތެރޭ ފެނާއި ނަރުދަމާގެ ހިދުމަތް ނުލިބޭ އެއްވެސް ރަށެއް ނޯންނާނެކަމަށް އިބޫ ވަނީ ވިދާޅުވެފައެވެ.

ތުރާކުނަށް ދިމާވެފައިވާ ބޯހިޔާ ވަހިކަމުގެ މައްސަލަ ހައްލުކޮށްދޭނެ ކަމަށްވެސް އިބޫ ވަނީ ވިދާޅުވެފައެވެ. ރޭގެ ވަގުތެއްގައި އައްޑޫ ސިޓީ މީދޫގައި ހުރި އެމްޑީޕީގެ އެޑްވާންސް ޖަގަހަ ރޯކޮށްލުމާއި ގުޅިގެން އިބޫ ވިދާޅުވީ، ކުރިޔަށް އޮތް ދުވަސްތަކުގައި އެކަހަލަ ކިތަންމެ ކަމެއް ހިގާނެ ކަމަށެވެ.

މީގެ އިތުރުން އެކަހަލަ ކަންކަމުން އިސްލާހަށް މަސައްކަތްކުރާ ފަރާތްތަށް ފަހަތަކަށް ނުޖެއްސޭނެ ކަމަށާއި، އެގޮތަށް ރައީސް އަބުދުﷲ ޔާމީން ހީފުޅު ކުރައްވާނަމަ، އެއީ ގޯސް ވިސްނުމެއް ކަމަށްވެސް އިބޫ ވަނީ ވިދާޅުވެފައެވެ.