ހަބަރު

ރާއްޖޭގެ ގާނޫނުތައް ތަންފީޒު ކުރަން އެހެން ބައެއްގެ ގާތަށް ދާކަށް ނުޖެހޭ: ރައީސް

Jun 7, 2015

ރާއްޖޭގެ ގާނޫނުތައް ތަންފީޒު ކުރަން އެހެން ބައެއްގެ ގާތަށް ދާކަށް ނުޖެހޭ: ރައީސް

ޖިނާޢީ ބޮޑެތި ކުށްތައް ކުރާ މީހުންނަށް އަދަބު ކަނޑައަޅަންވީ ގޮތް ބޭރުގެ ބޮޑެތި ގައުމުތަކުން ރާއްޖެ އަށާއި ދިވެހި ސަރުކާރަށް ކިޔައިދޭން ނުޖެހޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

އުމުރުން ދުވަސްވީ އިސް ރަށްވެހިންނަށް ރައީސްގެ ދެ ކަނބަލުން މިރޭ ދެއްވި މާހެފުމުގެ ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި ކަންކަން ހިނގާނީ ރާއްޖޭގެ ގާނޫނުތަކާ އެއްގޮތަށް ކަމަށާއި ރާއްޖޭގައި ކަންކަން ކުރަންވީ ގޮތް ބޭރު ގައުމުތަކުން ކިޔައިދޭން ނުޖެހޭނެ ކަމަށާއި ގާނޫނުގައިވާ ގޮތުގެ މަތިން ރާއްޖޭގައި ކުރާ ހުކުމްތައް ތަންފީޒު ކުރައްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ޑިމޮކްރަސީއެއްގައި އެންމެ މުހިންމު ކަމަކީ އަޣުލަބިއްޔަތަށް ތަބާވުން ކަމަށާއި އެ ނިޒާމުގެ ތެރޭގައި އެންމެން އުޅޭ އިރު ކަންކަކަމުގައި ހިޔާލު ތަފާވުމަކީ އެއްބަޔަކު އަނެއް ބައެއްގެ ހައްގުތަކަށް އަރައިގަންނަން ޖެހޭ ސަބަބެއް ނޫން ކަމަށާއި  އެކަން އެހެން ވެގެން ނުވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި ގާނޫނު ހިންގަނީ ރާއްޖޭގައިވާ ގާނޫނުތަކާ އެއްގޮތަށް ކަމަށާއި އެހެން ގައުމުތަކުން ވެސް މަރުގެ ހުކުމްތައް ތަންފީޒު ކުރާއިރު އެ ގައުމުތަކުން އެކަންކުރަނީ އެ ގައުމުތަކުގެ ގާނޫނާ އެއްގޮތަށް ކަމަށެވެ.

"އަޅުގަނޑުމެންގެ ގާނޫނުގައި އަނބިދަރިން ފޮރުވައިގެން އާއިލާއަށް ވާނުވާ ނޭނގި ގެންގުޅުމަކީ ޓެރެރިޒމްގެ އަމަލެއް. ރާއްޖޭގައި ޓެރަރިޒަމް އަމަލަށް ގާނޫނުގައިވާ ކަންކަން އެހެން ގައުމުތަކުގައި ނުހުރެދާނެ. އެކަމަކު އަޅުގަނޑޫމެންނަކީ އަޅުގަނޑުމެންގެ ގާނޫނުތައް ތަންފީޒު ކުރުމަށް އެހެން ބައެއްގެ ގާތާށް ދާންޖެހޭ ބަޔަކަށް ނުވާނެ. އެހެންނޫން މާދަމާވެސް މަޖިލީހުން ފާސްކުރަންވީ އެހެން ގޮތަކަށް އެހެން ފާސްކޮށްފިއްޔާ އެ ފާސް ކުރި ގާނޫނެއްގައިވާ ގޮތަށް ކުރާ ހުކުމެއް މި ރައީސް ތަންފީޒު ކުރާނެ،" ރައީސް ޔާމީން ވިދާޅުވި އެވެ. "އިސް ބޭފުޅަކަށް ވިޔަސް ކިތަންމެ އާދައިގެ މީހަކަށް ވިޔަސް ބޮޑެތި ޖިނާއީ ކުށްތަކުގެ ހުކުމް ތަންފީޒު ކުރުމުގައި އަމަލު ކުރާނ ހަމަހަކޮށް،"

ބައެއް ގައުމުތަކުން އަދި ބޮޑެތި ގައުމުތަކުން ރާއްޖޭގެ ގާނޫނުތަކާއި ކަންކަމުގައި ގޮތް ކިޔާ ކަމަށާއި އެމަނިކުފާނާ ވެސް ބައްދަލުކުރައްވާ ކަމަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ އެފަދަ ކަންކަމުގައި ރާއްޖޭގެ ގާނޫނުގައިވާ ގޮތަށް ބަލައި އަބަދުވެސް އެންމ ފަހު ބަހަކަށް ހައްދަވަނީ ގާނޫނޫގައިވާ ގޮތް ކަމަށެވެ. (ތަފުސީލް އަންނަނީ)