overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

ސަރުކާރު ވައްޓަން އުޅޭ މީހުނަށް އަދަބު ދިނުމަކީ އަނިޔާއެއް ނޫން: ޝަހީމް

ގާނޫނާ ހިލާފަށް ސަރުކާރެއް ވައްޓާލަން އުޅޭ ފަރާތްތަކަށް އަދަބު ދިނުމަކީ އަނިޔާއެއް ނޫން ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ރަނިން މޭޓް، އަދި ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވާހަކަދައްކަވަމުން ޝަހީމް ވިދާޅުވީ މިދިޔަ ފަސް އަހަރުގެ ތެރޭގައި އެތައް ފަހަރަކު އެކި ގޮތް ގޮތުން ރައީސް ޔާމީންގެ ސަރުކާރު ވައްޓާލަން މަސައްކަތްކޮށްފައިވާ ކަމަށާއި ނަމަވެސް އެކަން ކުރި ފަރާތްތަކާ ގާނޫނުލްއުގޫބާތު އަރާ ހަމަކޮށްފައިވާ ކަމަށެވެ. ސަރުކާރު ހިމާޔަތް ކުރުމަށް ރައީސާއި މުޅި ސަރުކާރުން މަސައްކަތް ކުރާނެ ކަމަށާއި ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން އުޅޭ ބަޔަކަށް އަދަބު ދިނުމަކީ އަނިޔާއަކަށް ނުވާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.

"ގާނޫނުލްއުގޫބާތަކީ ހިތް އޮންނަ އެއްޗެއް ނޫން އިނގޭތޯ، އެހެންވެ ސަރުކާރު ހިމާޔަތް ކުރަން ސަރުކާރުން މަސައްކަތް ކުރާނެ، ސަރުކާރު ވައްޓާލަން ނުކުންނަ މީހުންނަށް ސަރުކާރުން އަދަބު ދިނުމަކީ އަނިޔާއެއް ކަމަކަށް ނުވާނެ،" ޝަހީމް ވިދާޅުވި އެވެ. "[ސަރުކާރު ވައްޓާލަން އުޅުން] އެ މީހުންނަށް ވެސް އެނގޭނެ އެ މީހުންނަކީ ތެދުވެރި ބައެއް ނަމަ ތިމަންނަމެންގެ އަމަލުގެ ސަބަބުންނޭ މިގޮތަށް ކަންކަން މެދުވެރިވީ،"

އަދާލަތު ޕާޓީއަށް ނުސީދާ ގޮތެއްގައި ފާޑު ވިދާޅުވަމުން ޝަހީމް ވިދާޅުވީ އެ ބޭފުޅުންގެ އަޚަކު ޖަލުގައި ތިން އަހަރު ހޭދަ ކުރާތީ އެއީ އަނިޔާ ލިބުން ކަމަށް ބުނަމުންގެންދާއިރު އޭނާ މަގުމައްޗައް ނިކުތުމަށް ހިތްވަރުދީ ފަތުވާ ދެއްވީ އެ ބޭފުޅުން ކަމަށެވެ. އޭގެ ސަބަބުން މިއަދު ހުކުމެއް އައުމުން ވެސް އޭނާގެ ހައްގުގައް ޖަލްސާއެއް ބާއްވާފައި ނުވާ ކަމަށާއި ނަމަވެސް އިންތިހާބަށް 20 ދުވަސްވުމުން އެމްޑީޕީގެ ޕޯޑިއަމްއަރާ އެ ވާހަކަތައް ދަައްކާ ކަމަށެވެ. ނަމަވެސް އެއީ އަދުލުވެރިކަން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ ސިޔާސީ ހަސަދަވެރިކަން ހިތުން ބޭރު ކުރުމަށް ފަހު ގައުމާ މެދު އަދުލުވެރިކަމާއެކު ވިސްނުމަށް ހުރިހާ ފަރާތްތަކަށް ގޮވާލައްވާ ކަމަށެވެ. ކަންކަން އިސްލާހު ކުރަން ބޭނުންވާ ނަމަ ރައީސް ޔާމީންގެ އަރިހުގައި ތިބެގެން ވެސް އެ މައްސަލަތައް ހައްލު ކުރެވޭނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.

"ކަންކަން އިސްލާހު ކުރާށޭ ބޭނުންވަނީ ބުނާނަމަ މިފަޅީގައި ތިބެގެން ވެސް ކަންކަން އިސްލާހު ކުރަން ބާރު އެޅޭނެ، ހައްގު ބަސް ބުނުމަކީ ގޮއްސައި ވަކި ޕާޓީއެއްގެ ޕޯޑިއަމްއަށް އަރާ ތިމާގެ އަޑުގައި ހުރި ބާރުލާފައި ވާހަކަ ދެއްކުމެއް އެކަންޏެއް ނޫން ހައްގު ބަސް ބުނެވޭނެ ކިތަންމެ މަޑުމަޑުން ވެސް ބުނަން ޖެހޭ ފަރާތްތަކަށް،" ޝަހީމް ވިދާޅުވި އެވެ.

އެހެންކަމުން ގައުމީ ވިސްނުމަކުން ވިސްނާ ދެވަނަ ދައުރަކަށް ވެސް ރައީސް ޔާމީން ހޮވަން ޖެހޭ ކަމަށް ޝަހީމް ވިދާޅުވި އެވެ. އަދި އެމަނިކުފާނު ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައިފި ނަމަ އިސްލާމީ ވަހުދަތު އަލުން ދިރުވާ ސަފުތައް އެއްބައިވަންތަ ކޮށްގެން ސިޔާސީ ބައިބައިވުންތައް ނައްތާލާނެ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.