overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

އިބޫ އާއި ފައިސަލް ނަން އަނބުރާ ގެންދަވަން އަދުރޭ ގޮވާލައިފި

ރިޔާސީ އިންތިިހާބުގައި ޕީޕީއެމްއާ ވާދަ ކުރައްވާ އިދިކޮޅު ޕާޓީތަކުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި އެމަނިކުފާނުގެ ރަނިން މޭޓް ފައިސަލް ނަސީމްގެ ނަން އަނބުރާ ގެންދެވުމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް އިން މިރޭ ބޭއްވި "ބްރިޖު ސަޅި" ޖަލްސާގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ ކެމްޕެއިންގައި އަބަދުވެސް ދައްކަވަމުން ގެންދަވަނީ ރާއްޖޭގައި އަދުލްއިންސާފު ގާއިމް ކުރާނެ ވާހަކަ ކަމަށާއި އެ ފަރާތްތައް ގައުމަށްކޮށްދެއްވާނެ ކަންކަމާއި ސިޔާސަތުތަކެއް އަދިވެސް ހާމައެއް ނުކުރައްވާ ކަމަށެވެ. އަދި މިހާތަނަށް އެންމެ ގިނަ ވައްކަންތައް ހިނގާފައި ވަނީ އެމްޑީޕީގެ ވެރިކަން އޮތް ދުވަސްވަަރުގައި ކަމަށާއި އެފަދަ ބަޔަކަށް އަދުލް އިންސާފު ގާއިމް ކުރެވޭނެ ކަމަށް ދިވެހިން ގަބޫލެއް ނުކުރާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އިދިކޮޅުގެ ވެރިކަން ދިވެހި ރައްޔިތުން ތަޖުރިބާކޮށްފައިވާ ކަމަށާއި އެފަދަ ދުވަސްތަކަކަށް ދިވެހިން އަލުން ފުރުސަތެއް ނުދޭނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އެހެންކަމުން 23 ސެޕްޓެމްބަރުގައި ފިސާރި ކެރިގެން ގޮސް ރައީސް ޔާމީންއަށް ވޯޓު ދެއްވުމަށް އެދޭ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި އިބޫ އާއި ފައިސަލްއަށް ދެން އޮތް އެންމެ ރަނގަޅު ގޮތަކީ ރިޔާސީ އިންތިހާބުން ނަން އަނބުރާ ގެންދެވުން ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

"ދިވެހިންނަކީ ހިނގާފައި ހުރި ކަންކަމުން އިބުރަތް ހާސިލް ކުރާ ބައެއް، ފެންނަ މަންޒަރުތަކުން ގައުމު ބިނާކޮށް އެއަށް އަމަލު ކުރާ ބައެއް، މިވަރު ނޭނގުނީމަ ރަނގަޅުވާނީ ވަގުތު އޮއްވާ ނަން އަނބުރާ ގެންދެވީއާ، އިބޫއާ ފައިސަލްއަށް އޮތް އެންމެ ރަގަނޅު ގޮތަކީ އަވަހަށް ނަން އަނބުރާ ގެންދިޔުން، އަޅުގަނޑު މިއަދު ގޮވާލަން އެކަމަށް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން އިބޫއާއި ފައިސަލްއަށް ކުރެއްވި ސުވާލުތަކަށް އަދިވެސް ޖަވާބެއް ނުލިބޭ ކަމަށެވެ. އޭގެން ވެސް އެނގެނީ އެ ދެ ބޭފުޅުންނަކީ ރައީސް ޔާމީންއާ ވާދަ ކުރުމުގެ ގާބިލްކަމެއް އަދި ހިތްވަރެއް ވެސް ނެތް ބޭފުޅުން ކަމަށް އަބްދުއްރަހީމް ވިދާޅުވި އވެ.