overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

ރައީސްގެ ވައުދު: 1000 ޒުވާނުންނަށް ގެޓްސެޓް ދޭނަން!

ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ދެ ވަނަ ދައުރަކަށް ހޮވައިދީފި ނަމަ 1000 ޒުވާނުންނަށް ގެޓްސެޓް ލޯން ދެއްވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވައުދުވެވަޑައިގެންފި އެވެ.

ޕީޕީއެމް އިން މިރޭ ބޭއްވި ބޮޑު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އިދިކޮޅު ފަރާތްތަކަށް އެންމެ އުނދަގޫ ވަނީ އެމަނިކުފާނު ޒުވާނުންގެ ވާހަކަދައްކަވާތީ ކަމަށާއި ގެޓްސެޓް އަދި އެސްއެމްއީ ލޯން ސްކީމްތައް ޒުވާނުންނަށް ހުޅުވާލާތީ އިދިކޮޅު ފަރާތްތަކަށް ވަރަށް އުނދަގޫވާ ކަމަށެވެ. އެހެންކަމުން އިދިކޮޅު ފަރާތްތަކުގެ "ބޮލަށް ބަރު" ކުރުމަށްޓަކައި ޒުވާނުންނަށް ހަދިޔާއެއްގެ ގޮތުގައި އިތުރު ކަމެއް އިއުލާން ކުރައްވަން ބޭނުންވާ ކަމަށާް ރައީސް ޔާމީން ވިދާޅުވި އެވެ.

މިހާތަނަށް ގެޓް ސެޓް ލޯން ސްކީމްގެ ދަށުން 140 އަކަށް މީހުންނަށް ފައިސާ ލިބިފައިވާ ކަމަށާއި އެއީ 70 ވިޔަފާރިއަށް ދޫކުރެވިފައިވާ ލޯނުތައް ކަމަށެވެ. އަދި މި މަހުގެ 23 ވަނަ ދުވަހު ރައީސް ޔާމީންއަށް ވޯޓެއް ދެއްވައިފި ނަމަ އެ އަދަދު އިތުރު ކުރައްވާނެ ކަމަށާއި އެގޮތުން 1000 ކުދިންނަށް ގެޓްސެޓު ލޯނު ދީ 500 ވިޔަފާރި ފަށާނެ ކަމަށް ރައިސް ޔާމީން ވިދާޅުވި އެވެ.

"އެހެންވީމަ ޒުވާނުން ރައީސް ޔާމީންއަށް ތާއީދު ކުރަނީ ކީއްވެގެންކަން މި އިނގެނީ، އެހެންވެ މިކަހަލަ ވާހަކަަ އަޅުގަނޑުމެން ދެއްކީމަ އެބޭފުޅުންނަށް އުނދަގޫވާނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް މީގެ ކުރިން ވަނީ ގެޓްސެޓް ލޯން މިހާރު ދޭ ވަރަށް ވުރެ ތިން ގުނަ ބޮޑު ލޯނަކަށް ހަދަން ބޭނުންވާ ކަން ވެސް ހާމަ ކުރައްވައިފަ އެވެ. އެކަން އެގޮތަށް ކުރައްވަނީ އަލަށް ވިޔަފާރިއަށް ނިކުންނަ ޒުވާނުންނަށް ފުރުސަތު ދިނުމަށްޓަކައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.