overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

ނަޝީދާއި ގާސިމަށް ފުރުސަތު ނުދިނީތީ ޝުކުރު ކުރަން ޖެހޭ: ރައީސް

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ނުދިން ކަމަށްޓަަކައި އިދިކޮޅު ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި ރަނިން މޭޓު ފައިސަލް ނަސީމް ޝުކުރު އަދާ ކުރަންޖެހޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް އިން ރޭ ބޭއްވި ޖަލްސާގައި ވާހާކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު އެ ހުންނެވީ ފައިސަލް އާއި އިބޫއަށް "ވަރަށް ބޮޑު ހެޔޮ ކަމެއް ކޮށްދެއްވައިގެން" ކަމަށާއި އެ ދެ ބޭފުޅުން ރައީސް ޔާމީންއަށް މިއަދު ޝުކުރު އަދާ ކުރަން ޖެހޭ ކަމަށެވެ. އެ ދެ ބޭފުޅުންނަށް މިއަދު ރިޔާސީ ޓިކެޓް ލިބިވަޑައިގަތީ ރައީސް ނަޝިދަށާއި ގާސިމްއަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ރައީސް ޔާމީން ނުދެއްވުމުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އިބްރާހިމް މުހައްމަދު ސޯލިހުގެ ނަން އައީ ޕާޓީއަށް އުވަގަށާ މެޝިނުގައި ވޯޓެއް ލުމަށް ފަހު ނޫންތޯ، ފައިސަލް ނަސީމުގެ ނަން އައީ ކިހިނެތްތޯ، އޭނާ ހުންނަވާ ޕާޓީގެ ކައުންސިލްގައި ޕާޓީގެ އިސް ބޭފުޅަކަށް ހުންނަވާ ގާސިމް ވިދާޅުވި ތިމަންނަ ފައިސަލް ނަސީމްއަކަށް ތާއީދެއް ނުކުރަމޭ އެހެންވެ ގާސިމްގެ ތާއީދެއް ނެތެއް ނޫންތޯ،" ރައީސް ޔާމީން ވިދާޅުވި އެވެ. "ރައީސް ނަޝީދަށް ޖާގަ ނުދިނީ އަޅުގަނޑު ގާސިމް އިބްރާހިމްއަށް ޖާގަ ނުދިނީ އަޅުގަނޑު، [އިބޫ އާއި ފައިސަލް] ދެ ބޭފުޅުންނަށް ޓިކެޓު ލިބިގެން އުޅެނީ އެހެންވެ، އެހެންވެގެން އެ ބޭފުޅުން އަޅުގަނޑަށް ޝުކުރިއްޔާއޭ ވިދާޅުވާންވީ، މިއީ ހަގީގަތް ދެއްތޯ،"

ރައީސް ޔާމީން ވިދާޅުވީ ކުށްވެރިންތައް ދޫކޮށްލުމަށް އެމަނިކުފާނު ނިންމެވި ނަމަ އެއިން މީހަކަށް ޓިކެޓު ނުވެސް ފެންނާނެ ކަމަށާއި އޭގެ ސަބަބުން އިބޫ އާއި ފައިސަލްގެ ލޯބު އެމަނިކުފާނަށް އިންތިހާއަށް ބޮޑުވެފައިވާ ކަމަށެވެ.

އަންނަ މަހު 23 ގައި ރައްޔިތުން ނިންމަންވީ ތަރައްގީއާއެކުގައި ކުރިޔަށް ދިޔުމަށްތޯ ނުވަތަ ޖަލުން 10 މީހަކު ދޫކޮށްލުންތޯ ރައްޔިތުން ނިންމެވުމަށް ރައީސް ޔާމީން އެދިވަޑައިގަތެވެ. އަދި ދެ ވަނަ ނަމްބަރުގެ ކުރިޔަށް އެއް ވަނަ ނަމްބަރު އިސް ކުރަންވީ ތަރައްގީ އާއި އިސްލާމް ދީން މަތީ ދެމި ހުރުމަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.