ހަބަރު

ލ. ހިތަދޫ ބަނދަރު ރައީސް ހުޅުވައިދެއްވައިފި

Sep 8, 2018

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ހައްދުންމަތީ ހިތަދޫގައި ތަރައްގީކޮށްފައިވާ ބަނދަރު މިއަދު ހުޅުއްވައިދެއްވައިފިއެވެ.

މިއަދު ހެނދުނު މިކަމަށްޓަކައި ހިތަދޫގައި ބޭއްވެވި ރަސްމިއްޔާތުގައި، ރައީސް ވަނީ އެރަށުގައި ތަރައްގީކޮށްފައިވާ ބަނދަރު ހުޅުއްވައިދެއްވުމުގެ ގޮތުން އެކަމަށްޓަކައި ހާއްސަކޮށްފައިވާ ހަނދާނީ ބިނާގެ ފަރުދާ ކައްސަވައިލަދެއްވައިފައެވެ.

ރައީސްގެ މި ދަތުރުފުޅުގައި، ލ. މާމެންދޫއަށް ވަޑައިގެން އެރަށުގައި ގާއިމްކޮށްފައިވާ ނަރުދަމާގެ ހިދުމަތް އިފްތިތާހުކޮށްދެއްވުމަށާއި، ލ. މާބައިދޫއަށް ވަޑައިގެން އެރަށުގައި ތަރައްތގީކޮށްފައިވާ ބަނދަރު ހުޅުއްވައިދެއްވުމަށާއި، ލ. ގަމަށް ވަޑައިގެން ތުނޑީ އަވަށު ބަނދަރު ހުޅުއްވައިދެއްވައި، ހައްދުންމަތީގެ ބޮޑުމަގު ހުޅުއްވައިދެއްވުމަށާއި، ލ. ފޮނަދޫ ފެނުގެ ހިދުމަތް ފައްޓަވައިދެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.