ހަބަރު

ސަރުކާރުގެ ހަރަދުގައި މިއަހަރު 142 މީހަކު ހައްޖަށް ފޮނުވަނީ

Jun 8, 2015

މި އަހަރު، ސަރުކާރުގެ ހަރަދުގައި 142 މީހަކު ހައްޖަށް ފޮނުއްވައި ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

އުމުރުން ދުވަސްވީ މީހުންނަށް ރައީސް އަބްދުﷲ ޔާމީން ރޭ ދެއްވި މާހެފުމުގެ ހަފުލާފައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ސަރުކާރުގެ ހަރަދުގައި ހައްޖަށް ފޮނުވާ މީހުންގެ އަދަދު އިތުރު ކުރަން އަދިވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ރައީސް ޔާމީން ސައުދީއަށް ކުރެއްވި ދަތުރުފުޅަށްފަހު ރާއްޖެއަށް ދޭ ހައްޖު ކޯޓާ މިހާރުވެސް ވަނީ 2000 ކޯޓާއަށް އިތުރުކޮށްދީފަ އެވެ.

ރައީސް ވިދާޅުވީ ހައްޖު ކޯޕަރޭޝަން މެދުވެރިކޮށް ސަރުކާރުން މި އަހަރު 142 މީހަކު ހައްޖަށް ފޮނުވައި ދެއްވާނެ ކަމަށާއި ސަރުކާރުގެ ފޯރުންތެރިކަން ހުރި މިންވަރަކުން އެކަމަށް އިސްކަން ދެއްވާނެ ކަމަށާއި އެ އަދަދު އިތުރު ކުރެވޭތޯ އެމަނިކުފާނު މަސައްކަތް ކުރައްވާނެ ކަމަށެވެ.