overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

އިންތިހާބު އޮބްޒާވްކުރަން އީޔޫގެ މަންދޫބުން ހިމެނޭ ޖަމިއްޔާއެއް

މިމަހު ބާއްވާ ރިޔާސީ އިންތިހާބު އޮބްޒާވް ކުރަން އިލެކްޝަން ކޮމިޝަނުން ދިން ދައުވަތު ގަބޫލުކޮށް، އިންތިހާބު އޮބްޒާވްކުރަން މެންބަރުން ފޮނުވަން ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ މަންދޫބުން ވެސް ހިމެނޭ ޔޫރަޕްގެ ޕޮލިޓިކަލް މޫވްމަންޓަކުން ނިންމައިފި އެވެ.

އިންތިހާބު އޮބްޒާވްކުރަން ރާއްޖެ އަންނާނީ ދަ އެލައިންސް އޮފް ކޮންޒަވޭޓިވްސް އެންޑް ރިފޯމިސްޓް އިން ޔޫރަޕް (އޭސީއާރްއީ)އިންނެވެ. އެ މޫވްމަންޓްގައި އީޔޫގެ މަންދޫބުންނާއި ކައުންސިލް އޮފް ޔޫރަޕް އަދި ނޭޓޯ ޕާލިމެންޓްރީ އެސެންބްލީގެ މަންދޫބުން ހިމެނެ އެވެ.

އީޔޫގެ މަންދޫބުން ހިމެނޭ މޫވްމަންޓަކުން ރާއްޖޭގެ އިންތިހާބު އޮބްޒާވްކުރާއިރު އީޔޫއުން ވަނީ އިންތިހާބު އޮބްޒާވް ކުރުމުގެ ޝައުގުވެރިކަމެއް ނެތް ކަމަށް އީސީ އިން ދިން ދައުވަތުގެ ޖަވާބުގައި ބުނެފައިވެ އެވެ. އދ. އިން ވެސް ނިންމީ އެގޮތަށެވެ. އެ ޖަމިއްޔާއިން ތިންތިހާބު އޮބްޒާވް ކުރުމުގެ ދައިވަތު ގަބޫލު ނުކުރީ، އެއީ އިންތިހާބުގެ ކަންކަން އޮބްޒާވް ކުރާ ފަރާތެއް ނޫން ކަމަށް ބުނެ އެވެ.

އީސީގެ ރައީސް އަހުމަދު ޝަރީފް މިއަދު ވިދާޅުވީ، މިމަހު އޮތް ރިޔާސީ އިންތިހާބު އޮބްޒާވް ކުރުމަށް ޔޫރަޕިއަން ޔޫނިއަންގައި ހިމެނޭ ބައެއް ޕާލިމެންޓޭރިއަނުންނާއި ކައުންސިލް މެންބަރުން މި ފަހަރުގެ އިންތިހާބް އޮބްޒާވްކުރުމުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

"އެހެންވީމަ އީޔޫގެ ފަރާތުން ބައެއް ގައުމުތަކުގެ ޕާލިމެންޓޭރިއަނުންނާއި އަދި އިންތިހާބާ ބެހޭ ބައެއް ފަރާތްތަކުންނާއި އަދި އީޔޫގެ ބައެއް ކައުންސިލް މެންބަރުން ވަޑައިގަންނަވާނެ ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި އެބަ އޮތް،" ޝަރީފް ވިދާޅުވި އެވެ.

މި މައުލޫމާތުތައް ލިބޭ ވަރަކުން ހާމަކުރަމުން ގެންދާނެ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

އިލެކްޝަން ކޮމިޝަނުން މިއަދު ހާމަކުރި ގޮތުގައި ކުރިއަށް އޮތް އިންތިހާބުގައި އިންޓަނޭޝަނަލް އޮބްޒާވަރުންގެ ގޮތުގައި 51 ފަރާތަކުން ބައިވެރިވާނެ އެވެ. އެއީ ބައިނަލްއަގުވާމީ ތަފާތު ޖަމިއްޔާތަކުންނާއި ބައެއް ގައުމުތަކުގެ އިންތިހާބާ ބެހޭ ބައެއް މަރުކަޒުތަކުގެ ބެފުޅުންނެވެ. އިންތިހާބުގެ ކަންކަން ކަވަރު ކުރުމަށް އިންޓަނޭޝަނަލް މީޑިއާގެ ގޮތުގައި ހިމެނޭ 34 ފަރާތަކުން ރަޖިސްޓްރީކޮށްފައިވެ އެވެ. އަދި ލޯކަލް އޮބްޒާވަރުންގެ ގޮތުގައި 2680 ފަރާތެއް، ލޯކަލް މޮނިޓަރުންގެ ގޮތުގައި 3614 ފަރާތަކުންވެސް ވަނީ ރަޖިސްޓްރީކޮށްފަ އެވެ. ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި 849 ފަރާތަކުން ވެސް އިލެކްޝަން ކޮމިޝަންގައި ރަޖިސްޓްރީކޮށްފައިވެ އެވެ.