overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

އިބޫ ހޮވުމަށް މަސައްކަތް ކުރުމަކީ ގައުމީ ވާޖިބެއް: އައްބާސް

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ހޮވުމަށް މަސައްކަތް ކުރުމަކީ ގައުމީ ވާޖިބެއްގެ ގޮތުގައި ދިވެހި ބަހަށް ގިނަ ހިދުމަތްތަކެއް ކުރެއްވި ކުރީގެ މިނިސްޓަރު އަދި މަޖިލިސް މެންބަރު އައްބާސް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ކޯލިޝަނުން މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އައްބާސް އިބްރާހިމް ވަނީ ރައީސް އަބްދުﷲ ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ސަރުކާރުގެ ގިނަ ކަންކަމަށް އެމަނިކުފާނު ވަނީ ފާޑުވިދާޅުވުންތައް އަމާޒު ކުރައްވާފަ އެވެ.

ސިޔާސީ ހަރަކާތެއްގައި އެތައް ދުވަހަކަަށްފަހު ވާހަކަ ދައްކަވަމުން އައްބާސް އިބްރާހިމް މިރޭ ވިދާޅުވީ، މީގެ 50 އަހަރު ކުރިން ވެސް ތަރައްގީ އައި ކަމަށާއި ތަރައްގީއަކީ އެތަނެއްގައި ދިރިއުޅޭ މީހުން ބައިވެރިވެގެން އެމީހުންގެ ފަންނުވެރިކަން ކުރިއެރުން ކަމަށެވެ.

"އެެެހެން ބަޔަކު ފައިސާ ދީގެން، އެހެން ބަޔަކު އަޅައިދީ އެހެން ބަޔަކު ބަލަހައްޓައި ދިނީމަ އެއީ އަޅުގަނޑުމެންގެ ތަރައްގީއެއް ކަމަކަށް ގަބޫލެއް ނުކުރަން،" ޗައިނާގެ އެހީގައި އަޅާފައިވާ ސިނަމާލެ ބްރިޖަށް ފާޑުވިދާޅުވަމުން އައްބާސް ވިދާޅުވި އެވެ.

އައްބާސް އިބްރާހިމް ވަނީ ޖުމްހޫރިއްޔަތެއްގެ މުހިންމުކަމާ ގުޅޭ ގޮތުން މިރޭ ވަރަށް ބޮޑަށް ވާހަކަ ދައްކަވާފަ އެވެ. އެގޮތުން ޖުމްހޫރިއްޔަކީ ރައްޔިތުން ގޮވައިގެން އެމީހުންނާއެކު މަސައްކަތް ކުރާ ސަރުކާރެއް ގާއިމް ކުރުން ކަމަށެވެ. އެކަން ހަރުދަނާ ކުރުމަށް މީގެ ކުރީގެ ސަރުކާރުތަކުން މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކުރެއްވި އެވެ. ނަމަވެސް މި ފަސް އަހަރު ކަންކަން ގޮސްފައިވަނީ މުޅިން އެއާ ހިލާފަށް ކަމަށް އައްބާސް ވިދާޅުވި އެވެ.

"މިދިޔަ ފަސް އަހަރު ކަންކަން ދިޔައީ އެހެންތޯ، ކިހިނެއްތޯ އެކަން ދިޔައީ ފަސް އަހަރު، ލޯކަލް ކައުންސިލްގެ ބާރުތައް ކަނޑުވާލީ، ސައިޒްތައް ވެސް ކުޑަކޮށްލީ، 12 މެންބަރުންގެ ވާހަކަ ވަރަށް ބާރަށް އަޑު އިވޭނެ، 40 އެތައް މެންބަރުންނެއް ރައްޔިތުންގެ ކަންކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރުމުގެ ނަތީޖާއަކީ ސިފައިން ފޮނުވުން،" އައްބާސް ވިދާޅުވި އެވެ.

އައްބާސް އިބްރާހިމް ވިދާޅުވީ މިހާރު ހުރިހާ ޕާޓީތަކެއް އެކުގައި ކުރާ މަސައްކަތަކީ ހެދުނު ގޯސް ރަނގަޅު ކުރެވޭތޯ ކުރާ މަސައްކަތެއް ކަމަށެވެ. ތަފާތު ހިޔާލުތަކުގެ މީހުންނަށް އެކުގައި މަސައްކަތް ނުކުރެވޭނެ ކަމަށް ބުނާ ބުނުމަކީ ހަގީގަތެއް ނޫންކަން ތާރީހުން އެނގޭނެ ކަމަށާއި އަދުވަތްތެރިން އެކުވެރިވެގެން ބޮޑެތި ތާރީހީ ކާމިޔާބީތައް ހޯދާފައިވާ ކަމަށް އައްބާސް ވިދާޅުވި އެވެ.

" ގައުމީ ވާޖިބެއް އިބޫ ހޮވުމަށް މަސައްކަތް ކުރުމަކީ، ޕާޓީތަކުން މި މަސައްކަތް ކުރަނީ ގައުމީ ފިކުރަށް މި ގައުމު ސަލާމަތް ކުރުމަަށް، އެ މަސައްކަތް އެ ކުރައްވަނީ،" އައްބާސް ވިދާޅުވި އެވެ.

އައްބާސް ވަނީ އޭނާގެ ކޮއްކޯފުޅު ނަސްރީނާ އިބްރާހިމްގެ ފިރިކަލުން އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެމަނިކުފާނުގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން ކުރައްވަމުންދާ ގުރުބާނީގެ ހަނދާން އާ ކުރައްވާފަ އެވެ. އެ ބޭފުޅުން ޖަލުގައި ތިއްބެވީ ރައްޔިތުންގެ ހައްގުގައި ކަމަށް ވިދާޅުވި އެވެ.

އައްބާސް ވިދާޅުވީ، ވޯޓުލާން ދާއިރު ކެންޑިޑޭޓުންނާއި ރަނިންމޭޓުން ހޮވާފައި ތިބި ގޮތަށް ވެސް ބަލަން ޖެހޭ ކަމަށެވެ. އިބޫ އާއި ފައިސަލް ހޮވާފައިވަނީ ޑިމޮކްރަސީގެ އުސޫލުތަކުގެ ތެރެއިންކަން އައްބާސް ފާހަގަކުރެއްވި އެވެ. އަދި ރައީސް ޔާމީނާއި އެމަނިކުފާނުގެ ރަނިންމޭޓް މުހައްމަދު ޝަހީމް އިހްތިޔާރުކޮށްފައިވާ ގޮތަށް ފާޑުވިދާޅުވި އެވެ.

"ކެންޑިޑޭޓުންނަށް ވީ ގޮތާއި ރަނިންމޭޓަށްވީ ގޮތަކީ ބަލާލަން ޖެހޭ ކަންކަން، ކޯޓަކުން ޕާޓީގެ ބާރު ލިބިގެން ކެންޑިޑޭޓަކަށް ވަޑައިގެންނެވި ބޭފުޅަކާ ކޮންމެ ވެސް ތާކު ހުއްޓާ ނަގައިގެން ގެނައި ބޭފުޅަކާ، އެހެންވެ މި އިންނެވި ކެންޑިޑޭޓަށް [އިބޫ]އަށް މި ތާއިދު ކުރަނީ،" އައްބާާސް ވިދާޅުވި އެވެ.

"މިއިން ރަމްޒުކުރަނީ ވިކްރަޓީ، ކާމިޔާބީ ރަމްޒު ކުރަނީ، ތިޔަ ބޭފުޅުން ވޯޓު ދެއްވާށޭ، ވޯޓު ދެއްވަން ހުރިހާ ބޭފުޅުން ވަޑައިގަންނަވާ،" އަތުން ދެޔެއް އިޝާރަތް ކުރައްވަމުން އައްބާސްގެ ވާހަކަފުޅު ނިންމަވާލެއްވި އެވެ.