overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

ނަތީޖާ ފެނިއްޖެ، ކާމިޔާބު ވެއްޖެ: ފައިސަލް

މި މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ނަތީޖާ އޮންނާނެ ގޮތް މިރޭ ސާފުވެފައިވާ ކަމަށް އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫގެ ރަނިންމޭޓް ފައިސަލް ނަސީމް މިރޭ ވިދާޅުވެއްޖެ އެވެ.

ތިން އަހަރަށްފަހު އިދިކޮޅަށް ލިބުނު ފުރުސަތުގައި މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި އެތައް ގިނަ ބަޔަކު ބައިވެރިވެފައިވެ އެވެ. ފައިސަލް ވަނީ އެހާ ގިނަ ބައެއްގެ ތާއިދާއި ތަރުހީބު އޭނާއަށް ލިބުމާއެކު އުފަލުން ކީރިތި ވެސް ކުރައްވާފަ އެވެ.

ވަރަށް ފޯރީގައި މިރޭ ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ، އިބޫއަކީ އިހުލާސްތެރި ހިކުމަތްތެރިއެއް ކަމަށެވެ. ރައްޔިތުން ބޭނުން ވަނީ އެފަދަ ވެރިއެއް ކަަމަށެވެ. އެފަދަ ސޯލިހެއް ކެންޑިޑޭޓެއްގެ ގޮތުގައި ލިބިފައިވުމަކީ ނިއުމަތެއްގެ ގޮތުގައި ފައިސަލް ފާހަގަ ކުރެއްވި އެވެ.

ފައިސަލް ވިދާޅުވީ ވޯޓު ލާން ރައްޔިތުންނަށް ލިބޭ އެއް ދުވަހަކީ ވަރަށް ބޮޑު ދުވަހެއް ކަމަށާއި މިފަހަރު މި ލިބެނީ ރަނުގެ ފުރުސަތެއް ކަމަށެވެ. އޭގެ ބޭނުން ހިފައި ބަދަލު ގެންނަން ޖެހޭ ކަމަށް ފައިސަލް ވިދާޅުވި އެވެ.

"މިރޭ ނަތީޖާ ލިބިއްޖެ، ނަތީޖާ ލިބިއްޖެ، ރައްޔިތުން ބޭނުންވާ ގޮތް މިއޮތީ އެނގެން، މަންޒަރު ފެނޭތޯ، ފެނޭތޯ ބަލާލާށޭ، މި އޮތް ފެންނަނީ، ނަތީޖާ އެބަ ފެނޭ، ހައްގަށްކަން ނަސްރު ލިބޭނީ އެބަ އެނގޭ ނޫން ތޯ،" ފައިސަލް ވިދާޅުވި އެވެ.

"ތިޔަ ބޭފުޅުން ކުރެއްވި މަސައްކަތް އިސްލާހަށްޓަކައި ކުރެއްވި މަސައްކަތް އިރާދަކުރެއްވިއްޔާ ވަނީ ކާމިޔާބުވެފަ،
ހިތްތިރިކަމާއެކު ހައްގު ގޮތުގަ މަސައްކަތް ކުރާ މީހުންނަށް ނަސްރު ދެއްވާނެ،"

ފައިސަލް އިތުރަށް ވިދާޅުވީ، މިރޭ އެއްވެ ތިބި މީހުންގެ މޫނު މަތިން ފެންނަނީ އުފާވެރިކަމާއި އުޖާލާކަން ކަމަށެވެ. އެއީ ރޮމުން ދިޔަ އެތައް އާއިލާއެއްގެ ހެޔޮ ދުއާ ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ. ފައިސަލް ވިދާޅުވީ، ދިވެހި ކޮންމެ ދަރިއެއް ވެސް އޭނާ ބައިވެރިވާ ސަރުކާރެއްގައި ބަލާނީ ދަރިއެއް ނުވަތަ މައިންބަފައިންގެ ގޮތުގައި ކަމަށެވެ. އޯގާތެރި ސަރުކާރެއް ގާއިމް ކުރައްވާނެ ކަމަށެވެ.

"އިޖުތިމާއީ ރައްކާތެރިކަން ލިބިގެން ދާާނެ، އެހީއަށް ބޭނުންވާ މީހުންގެ އާއިލާތައް ބަރުދާސް ކުރަމުންދާ ވޭން ނައްތާލަން، ލޮލުން ކަރުނަ އާދޭ ބަލި ބައްޕަ އެތައް އަހަރެއް ފަރުވާ ނުހޯދި އޮންނަ މަންޒަރު ފެނިފަ، ވަން އިންއަ މިލިއަން ކޭސްއެއްގަ ވެސް ސަރުކާރުން ފަރުވާ ނުހައިދެވޭ، ހިތާމަހުރި ކަމެއް، އިބޫ ވަޑައިގަންނަވަނީ ހުރިހާ ކަމަކަށް ހައްލު ހޯދައިދޭން،" ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ، އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށް އޮންނާނީ ހަމައެކަނި ބިލެއް ނޫން ކަމަށާއި އަންހެން ބޭފުޅުންނަށް ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރުމުގެ ހައްގު ބޮޑުކޮށް އޮންނާނެ ކަމަށެވެ. ގައުމު ތަރައްގީ ކުރާނީ އަންހެން ބޭފުޅުންނާ އެއްކޮށް ކަމަށެވެ.