overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

އޮޑިޓުގެ "ޓައިމް ބޮމް" ދެކެ ބިރެއް ނުގަނޭ: ރައީސް

ސަރުކާރުގެ މުއައްސަސާތައް އޮޑިޓު ކުރާ އިރު ކޮރަޕްޝަންގެ މައްސަލަތައް ހުރެއްޖެ ނަމަ ފިޔަވަޅު އަޅަން ކެރިވަޑައިގަންނަވާނެ ކަމަށާއި އޮޑިޓް ރިޕޯޓުގެ ޓައިމް ބޮމަކަށް ބިރުފުޅު ނުގަންނަ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވި އެވެ.

ލ. ފޮނަދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ 2008 ވަނަ އަހަރުގެ އިންތިހާބާ ކައިރިވެފައި އޮއްވާ، އޮޑިޓް ރިޕޯޓަކީ "ޓައިމް ބޮމެއް" ކަމަށް އޭރުގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވި ކަމަށެވެ. ޓައިމް ބޮމުން ކުރާ އަސަރު އޭރު އެމަނިކުފާނަށް އިހުސާސްވެ ވަޑައިގެންނެވި ކަމަށާއި އެގޮތުން ދައުލަތުގެ އެތަށް ތަނެއްގެ އޮޑިޓު ރިޕޯޓުތައް ނިކުތް އިރު ރައީސް މައުމޫންއަށް ރައްދުވާ ގޮތަށް އެ ރިޕޯޓުތައް ނިންމިފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި ރައީސް މައުމޫންއަށް އެ ފަހަރުގެ އިންތިހާބުން ބޮޑު ނާކާމިޔަބީއެއް ލިބިގެން ދިޔައީ އެ ޓައިމް ބޮމުގެ ސަބަބުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އޮޑިޓް ރިޕޯޓުން ދައްކައިދިނީ އެތަން ތަނުގައި އޮތް ކޮރޮޕްޝަނުގެ ވާހަކަ، އެއީ އޭރު އެމްޑީޕީއިން ބޭނުންވެގެން އޭރު ހުރި އޮޑިޓާ ޖެނަރަލް އެކަން ކުރި ގޮތް،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔަމީން ވިދާޅުވީ ސަރުކާރުގެ ހުރިހާ ބޮޑެތި މިނިސްޓްރީތަކުގެ މިދިޔަ އަހަރުގެ ނިޔަަލަށް ހުރި އޮޑިޓު ރިޕޯޓުތައް ނެރެން ބޭނުންވާ ކަމަށް އެމަނިކުފާނު އޮޑިޓާ ޖެނެރަލަށް ދެންނެވި ކަމަށާއި އެގޮތަށް އެ މަސައްކަތް ވެސް ކުރެއްވި ކަމަށެވެ. އޮޑިޓް ރިޕޯޓުތަކުގައި މައްސަލަ ހުންނަން ބޭނުންފުޅު ނުވާ ކަމަށާއި އެކަމު އެއްވެސް މައްސަލައެއް ހުރި ނަމަ އެއާ މެދު ފިޔަވަޅު އަޅަން ކެރިވަޑައިގަންނަވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އޮޑިޓުގެ "ޓައިމް ބޮމް" ދެކެ ބިރުފުޅު ނުގަންނަ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑެއް ބިރެއް ނުގަންނާނަން ޓައިމް ބޮމެއް އަޅައިގެން ނުކުންނަން، އަޅުގަނޑެއް ބިރެއް ނުގަންނާނެ ރިޕޯޓެއް ނިކުމެގެން. ރިޕޯޓު ނެރެފައި ރިޕޯޓު ޑިފެންޑު ކުރަން އެ މީހަކު ހުރެއްޖެ ކަމަށް ވަންޏާ އަޅުގަނޑުމެންގެ ހައްގު އަޅުގަނޑުމެން ބަޔާން ކުރާނަން،" ރައީސް ވިދާޅުވި އެވެ.

ރައީސްއަށް ކުރާ ކޮރޮޕްޝަންގެ ބައެއް ތުހުމަތުތަކަށް އަމާޒު ކުރައްވާ އެމަނިކުފާނު ވިދާޅުވީ ސިންގަޕޫރުގައި ކުރާ އެސްޓީއޯގެ ތެލުގެ ވިޔަފާރީން ރައީސް ޔާމީންއަށް ބައި އަޅަނީ ކިހާ ވަރަކަށްތޯ ބެލުމަަށް ރައީސް ނަޝީދުގެ ސަރުކާރުގައި ހުންނެވި އޮޑިޓާ ޖެނެރަލް މަސައްކަތްތަކެއް ކުރެއްވި ކަމަށެވެ. އެގޮތުން ބޭރުގެ ކުންފުންޏަކާ ހަވާލުކޮށްގެން އެ މައްސަލަ ބެލި ކަމަށާއި ނަމަވެސް އެ ފަރާތްތަކަށް ވެސް އެއްވެސް މައްސަލައެއް ފެނިވަޑައި ނުގަތް ކަމަށެވެ.